"ސްމާޓް ފޯނު" ފިހާރަ އިން ހުރިހާ ބިލެއް ދެއްކޭނެ ގޮތް ހަމަޖައްސައިފި
"ސްމާޓް ފޯނު" ފިހާރަ އިން ހުރިހާ ބިލެއް ދެއްކޭނެ ގޮތް ހަމަޖައްސައިފި

ރާއްޖޭގައި މޮބައިލް ފޯނު ވިއްކާތާ އެންމެ ދުވަސްވީ ފިހާރަ "ސްމާޓް ފޯން" އިން ހުރިހާ ޔޫޓިލިޓީ ބިލަކަށް ވައިބާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

"ސްމާޓް ފޯނު" ފިހާރަ އިން ހުރިހާ ބިލެއް ދެއްކޭނެ ގޮތް ހަމަޖައްސައިފި
"ސްމާޓް ފޯނު" ފިހާރަ އިން ހުރިހާ ބިލެއް ދެއްކޭނެ ގޮތް ހަމަޖައްސައިފި

މީގެ 18 އަހަރު ކުރިން 2003 ގައި ހުޅުވި އެ ފިހާރަ އިން ބުނީ، ވަކިވަކި ތަންތަނަށް ގޮސް ބިލްތައް ދެއްކެމުގެ ބަދަލުގައި ސްމާޓް ފޯނު ފިހާރަ އިން ހުރިހާ ބިލެއް ދެއްކޭނެ ކަމަށެވެ. އޭގެ ތެރޭގައި ވެމްކޯ، ދިރާގު، މީޑިއާނެޓް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ އިތުރުން އެލައިޑް އިންޝުއަރެންސްގެ އަހަރީ ފީ ދެއްކުން ވެސް ހިމެނެ އެވެ.

"ސްމާޓް ފޯނު" ފިހާރަ އިން ހުރިހާ ބިލެއް ދެއްކޭނެ ގޮތް ހަމަޖައްސައިފި
"ސްމާޓް ފޯނު" ފިހާރަ އިން ހުރިހާ ބިލެއް ދެއްކޭނެ ގޮތް ހަމަޖައްސައިފި

ބިލް ދެއްކި ކަމުގެ "ޖެނުއިން ރިސިޕްޓް" އެއް ކަސްޓަމަރުންނަށް ލިބޭއިރު، ވައިބާ މެދުވެރިކޮށް ވެސް ބިލްތައް ދެއްކުމުގެ ހިދުމަތް ސްމާޓް ފޯނު ފިހާރަ އިން ވަނީ ތައާރަފުކޮށްފަ އެވެ. ވައިބާ އިން ހިދުމަތް ހޯދުމަށް 7886997 އަށް "ހެލޯ" ޖަހައި މެސެޖެއް ފޮނުވަން ޖެހެ އެވެ. އޭރުން ބިލްތަކަށް ފައިސާ ދެއްކުމުގައި އަމަލުކުރަން ޖެހޭނެ ގޮތްތައް ކަސްޓަމަރުންނަށް ކިޔައިދޭނެ އެވެ.

މަޖީދީ މަގުން ކާމިނީގެ ކުރިމަތީގައި ހުންނަ ސްމާޓް ފޯނު ފިހާރައިގެ "އޮންލައިން ސަޕޯޓް" އިން ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށް ހިދުމަތް ލިބޭނެ އެވެ. މި ވަގުތުތަކުގައި ހިދުމަތްތަކާ ގުޅޭ ގޮތުން ކަސްޓަމަރުންނަށް "އޮންލައިން ސަޕޯޓް" މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ އެވެ.

ސްމާޓް ފޯނު ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ލިބޭނީ މެންދުރުފަހު 2:00 އިން ރޭގނޑު 11:00 އަށެވެ.

އެ ފިހާރަ އިން ބުނިގޮތުގައި، ބިލްތައް ދައްކައިގެން ކޮންމެ މަހަކު ކުރިއަށް ގެންދާ ޕްރޮމޯޝަން މެދުވެރިކޮށް "ސްމާޓް ގެޖެޓްސް" އަދި އެހެނިހެން ސާމާނު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އެ ފިހާރަ އިން ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް "އެންޓް-ކިއު" މެދުވެރިކޮށް ނަންބަރު ނެގޭނެ އެވެ. އެހެން ކަމުން ކިއުގައި ނުޖެހި ނަންބަރު ޖެހުމުން ވަގުތުން ގޮސް ބިލް ދައްކައިލެވޭނެ އެވެ. ސްމާޓް ފޯނު ފިހާރަ އިން އާންމުންގެ އިތުރުން ވިޔަފާރިތަކުގެ ޔޫޓިލިޓީ ބިލާއި ފޯނު އަދި އިންޝުއަރެންސް ބިލްތައް ދެއްކުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ.