500 ބިލިއަން ޑޮލަރުގެ ގެއްލުން ޔުކްރޭނަށް ދީފި
500 ބިލިއަން ޑޮލަރުގެ ގެއްލުން ޔުކްރޭނަށް ދީފި

ކިއޭވް (މާޗް 16) - ރަޝިޔާ ސިފައިން ޔުކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ޔުކްރޭނަށް މިހާތަނަށް 500 ބިލިއަން ޑޮލަރުގެ ގެއްލުން ދީފި ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޑެނީސް ޝްމައިހަލް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ހަނގުރާމަ ނިމުމުން، ޔުކްރޭނަށް ދިން ގެއްލުމުގެ ބަދަލު ރަޝިޔާގެ ކިބައިން ހޯދާނެ ކަމަށެވެ. ނަމަވެސް ރަޝިޔާ ސަރުކާރުން އެ ބަދަލު ހޯދާނެ ގޮތެއް އޭނާ ވިދާޅެއް ނުވެ އެވެ. ހަނގުރާމައިން ޔުކްރޭނަށް މޮޅު ނުލިބުނު ނަމަވެސް ގައުމުން ބޭރުގައި ހުރި ރަޝިޔާގެ މުދާތައް ހިފައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭނުގެ ބޮޑުވަޒީރު މި މޭރުމުން ވާހަކަ ދެއްކެވީ އެ ގައުމަށް ވަޑައިގެންނެވި އަވަށްޓެރި ތިން ގައުމު ކަމަށްވާ ޗެކް ރިޕަބްލިކް، ޕޮލެންޑް އަދި ސްލޮވޭނިއާގެ ލީޑަރުންނާ ބައްދަލު ކުރެއްވުމަށް ފަހު އެވެ. އެ ތިން ލީޑަރުން ޔުކްރޭނަށް ވަޑައިގެންނެވީ ޔުކްރޭން އޮތީ އެކަނި ނޫންކަން ދެއްކުމުގެ ގޮތުންނެވެ.

ތިން ގައުމުގެ ބޮޑުވަޒީރުން ވަނީ ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.