29 ޖުލައި 2021 - 06:56

ކުރު ވީޑިއޯ އަޕްލޯޑްކުރަން ހާއްސަ އިންްސްޓަގްރާމް "ރީލް"ސް ގެ ވީޑިއޯތައް އެ މިނެޓަށް ހަދައިފި އެވެ.
ދެހާސް ނަވާރައިގައި އެ ހިދުމަތް ތައާރަފުކުރި އިރު ވީޑިއޯއެއްގެ ދިގުމިނަކީ 15 ސިކުންތެވެ. އޭގެ ދުވަސްތަކެއް ފަހުން ދިގުމިން 30 މިނިޓަށް ހެދުމަށް ފަހު މިހާރު 60 ސިކުންތު ނުވަތަ އެ މިނިޓަށް ހަދާފައި ވަނީ އަންގާރަ ދުވަހުން ފެށިގެންނެވެ.
މި ބަދަލު ގެނައީ ކުރު ވީޑިއޯތަކުގެ ފެށުން ކަމަށްވާ ޗައިނާގެ ޓިކްޓޮކްގެ ވީޑިއޯތަކުގެ ދިގުމިން މިނިޓަކުން ތިން މިނެޓަށް ދާދި ފަހުން ބަދަލުކޮށްފައި ވަނިކޮށެވެ. ޓިކްޓޮކް ވެސް އުފެދިގެން އައި އިރު، ވީޑިއޯއެއްގެ ދިގުމިނަކީ 15 ސިކުންތެވެ.
ޔޫޓިއުބަކީ ވެސް "ޝޯޓްސް" ގެ ނަމުގައި މިފަދަ ހިދުމަތެއް ދޭ ޕްލެޓްފޯމެކެވެ.