26 ނޮވެމްބަރ 2016 - 13:09

ރާއްޖޭގައި ފުޅާދާއިރާއެއްގައި ފަރުނީޗަރުގެ ވިޔަފާރި ކުރާ ރިލެކްސް ފަރުނީޗަރުން އަހަރީ ސޭލް ފަށައިފި އެވެ.
މާލެ އާއި ހުޅުމާލޭގައި ހުންނަ ރިލެކްސް ފަރުނީޗަރުގެ ތިން ފިހާރައިގައި ފެށި މި ސޭލް އަންނަަ ޖެނުއަރީގެ ނިިޔަލަށް ކުރިއަށް ދާނެ ކަމަށް އެ ފިހާރައިގެ އޮފިޝަލަކު ވިދާޅުވި އެވެ.
މި ޕްރޮމޯޝަންގައި އެ ފިހާރައިގެ މުދަލުން 10 - 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މި ޕްރޮމޯޝަނަކީ އަހަރު ނިންމާލުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް. ކޮންމެ އަހަރަކު ވެސް މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.
ގޭތެރެއަށް ބޭނުންވާ އެކި ކަހަލަ ފަރުނީޗަރުގެ އިތުރުން އޮފީސް ފަރުނީޗަރު ވެސް ރިލެކްސް އިން ރާއްޖެ އެތެރެކޮށް ވިއްކަ އެވެ. އަދި ކޮންމެ އަހަރަކު ވެސް ގިނަ ސޭލްތަކާއި ޕްރޮމޯޝަންތައް އެ ފިހާރައިން ކުރިއަށް ގެންދެ އެވެ. އެގޮތުން އަހަރީ ސޭލް އާއި ރޯދަ ސޭލް ފާހަގަ ކޮށްލެވެ އެވެ.