26 ޖުލައި 2021 - 23:00

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓެސްޓްކުރި 5،744 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 98 ސާމްޕަލެއް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މުޅި ރާއްޖެ އިން ފެނުނު 98 ޕޮޒިޓިވް ކޭސްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 26 މީހެކެވެ. މިއީ މާލޭ ސަރަހައްދުން ނެގި 2،056 ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ.
ބާކީ 3،688 ސާމްޕަލްގެ ތެރެއިން ރަށްރަށުން 55، ރިސޯޓުތަކުން 17 މީހަކު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 76،848 އެކެވެ. އަަދި އޭގެ ތެރެއިން 74،020 މީހުން ބަލިން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2،597 ގަ އެވެ.
ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 13 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ބަލީގައި ޖުމްލަ 219 މީހަކު މަރުވި އެވެ.