އުރީދޫ އީދު ކޮމްބޯ މި މަހުގެ ނިޔަލަށް ލިބޭނެ
އުރީދޫ އީދު ކޮމްބޯ މި މަހުގެ ނިޔަލަށް ލިބޭނެ

ބޮޑު އީދާ ދިމާކޮށް އުރީދޫން ތައާރަފު ކުރި ބޮޑު އީދު ކޮމްބޯ މި މަހުގެ ނިޔަލަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ތައާރަފު ކުރި މި ޕެކޭޖަކީ އެންމެ 50ރ. އަށް ހަތަރު ޖީބީ ޑޭޓާ ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖު ބޭނުން ކުރެވޭނީ 24 ގަޑިއިރަށެވެ.

މި ޕެކޭޖު ނެގުމުން ޑޭޓާގެ އިތުރުން އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް އާއި އެހެނިހެން ނެޓްވޯކުތަކަށް 100 ފްރީމިނެޓް ލިބޭނެ އެވެ.

މި ޕެކޭޖު އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އެޕްލިކޭޝަނުން ނުވަތަ *929*2# އަށް ގުޅައިގެން ވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.

އުރީދޫން ވަނީ ދުވާލަކު ދެ ޖީބީ ލިބޭ އާޗާ ޕްރިޕެއިޑް ޕްލޭނެއް ވެސް ތައާރަފު ކޮށްފަ އެވެ. އާޗާ ޕްރޮޕެއިޑް ކަސްޓަމަރުންނަށް 750ރ. ދައްކައިގެން އެކްޓިވޭޓް ކުރެވޭ މި ޕެކޭޖުގެ ދަށުން ކޮންމެ މަހަކު 60ޖީބީގެ ޑޭޓާ ލިބޭނެ އެވެ. އެއީ ދުވާލަކަށް ދެ ޖީބީ އެވެ.

މި ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ވެސް އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް އާއި އެހެނިހެން ނެޓްވޯކުތަކަށް 100 ފްރީމިނެޓް ލިބޭނެ އެވެ.