23 ޖުލައި 2021 - 00:13

ގއ. ދާންދޫގައި އީދު ކުޅިވަރު ކުޅުމުގެ ތެރެއިން ހިންގި މާރާމާރީއަކާ ގުޅިގެން ޒުވާނަކު ހައްޔަރު ކޮށްފި އެވެ.
"މިހާރު" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މި މާރާމާރީއާ ގުޅިގެން 23 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން ދާންދޫ ކައުންސިލް މެމްބަރު ނޫމާ މުހައްމަދު "މިހާރަށް" ވިދާޅުވީ މާރާމާރީ ހިންގާފައި ވަނީ އީދު ކުޅިވަރު ކުޅުމުގެ ތެރެއިން އިއްޔެ ކަމަށެވެ.
މައުލޫމާތު ލިބުނު ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ އީދު ހަރަކާތްތަކުގެ ތެރެއިން ކުލަ ޖެހުމުގެ ތެރެއިންނެވެ.