20 ޖުލައި 2021 - 15:16

މިއަދު ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ކޮންމެ ޓެކްސީ ސެންޓަރަކަށް ދެ ސްޓިކާ ދޫކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
އީދު ދުވަހު ހަވީރު 4 އިން ރޭގަނޑު 8 އަށް ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު އެ ވަގުތު ކޮންމެ ޓެކްސީ ސެންޓަރަކަށް ދެ ސްޓިކާ ދޫކުރާނެ އެވެ.
ސިޓީ ކައުންސިލުން ބުނީ ސްޓިކާ ދޫކުރަމުން ދާނީ 3:00 ގެ ނިޔަލަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާ ބެހޭ އޮފީހުން ކަމަށެވެ.
އީދު ދުވަހުގެ ހަތަރު ގަޑިއިރު ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސާފައި ވަނީ މާލެ އަކީ ތޮއްޖެހިފައިވާ ތަނަކަށް ވެފައި، ކޮވިޑްގެ ސަބަބުން ރައްޔިތުން ގޭގައި ބަންދުވެފައި ތިބި ދަނޑިވަޅެއްގައި އައި އީދަކަށްވާތީ ރައްޔިތުންނާ ކުރި މަޝްވަރާގެ މަތިން ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ އެވެ.
އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރު ވެސް އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ވަގުތު އިމަޖެންސީ ހާލަތުގައި ވެހިކަލްތަކާއި އެމްބިއުލެންސް އަދި ސަލާމަތީ ހިދުމަތްތައް ފަދަ ކޮންމެހެން ދުއްވަން ޖެހޭ ވެހިކަލްތަކަށް ހުއްދަ ދޭނެ އެވެ.