ކައިވެނީގެ މައްސަލަޔާ އެކު ޖޮލީ ނުރަނގަޅު އާދަތަކެއްގެ ތެރެއަށް
ކައިވެނީގެ މައްސަލަޔާ އެކު ޖޮލީ ނުރަނގަޅު އާދަތަކެއްގެ ތެރެއަށް

ބްރެޑް ޕިޓް ކައިރިން ވަރިވާން އެންޖެލީނާ ޖޮލީ މިދިޔަ ސެޕްޓްމެބަރު މަހު ކޯޓަށް ހުށަހެޅި ފަހުން އޭނާ އަށް އެއްވެސް ހަމަޖެހުމެއް ނުލިބެ އެވެ. ފިކުރު ބޮޑުވުމާއި ހާސްވުން ފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހި، ސިއްހީ ގިނަ މައްސަލަތަކެއް ވެސް ޖޮލީ އަށް މިހާރު ކުރިމަތިވެފައިވާ ކަމަށްވެ އެވެ.

ދަރިން އޭނާގެ ގާތުގައި ތިބުމުގެ ފުރުސަތު ޖޮލީ ކާމިޔާބު ކުރުމަށް ފަހު ވެސް، އޭނާގެ ފިކުރުތަކަށް ނިމުމެއް ނާދެ އެވެ. އަނެއްކޮޅުން، ޕިޓް އެހެން ގުޅުމެއްގެ ތެރެއަށް ދާ މަންޒަރު ބެލުމަކީ ވެސް ޖޮލީ އަށް ބަލަން އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ.

މި މައްސަލަތަކާ ހުރެ، އޭނާ މިހާރު ވަނީ ދުންފަތަށް ވަރަށް ބޮޑަށް ހުށަހެޅިފަ އެވެ. ޖޮލީގެ ގާތް ބައެއް މީހުންނާ ހަވާލާދީ ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ޖޮލީ ވަނީ ދުންފަތުގެ އިސްތިއުމާލު ކުރަން މިހާރު ވަރަށް ބޮޑަށް ދެވި ހިފައިފަ އެވެ.

އަނެއްކޮޅުން އޭނާ ކެއުމާ ވަރަށް ދުރެވެ. ކެއުމަށް ފަރުވާ ކުޑަ ކުރެވި، ދުންފަތަށް ދެވި ހިފުމުގެ ސަބަބުން، އޭނާ މިހާރު ވަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަ ވެސް ވެފަ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާތީ ކެއްސުމުގެ މައްސަލަތައް ވެސް ޖޮލީ އަށް ކުރިމަތިވެފައިވެ އެވެ. އެހެންވެ އެކަމަށް އޭނާ އަންނަނީ ފަރުވާ ވެސް ހޯދަމުންނެވެ.

ޖޮލީގެ، 41، މަންމަ އޭނާ އާ ވަކިވެގެން ދިޔައީ ވެސް ކެންސަރު ބަލީގައި ކަމަށްވާތީ، ދުންފަތަށް ދެވިހިފައި، ޖޮލީ އަށް ވެސް ކެންސަރުގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެތީ އޭނާގެ ގާތް މީހުން އަންނަނީ ސިއްހަތަށް ބަލައިގެން އުޅުމަށާއި، ދުންފަތާ ދުރުވުމަށް ސިއްހީ އެހީތެރިކަން ގަވައިދުން ހޯދަން ވެސް ނަސޭހަތްތެރިވެފައި ކަމަށްވެ އެވެ.

ޕިޓް ކައިރިން ވަރިވާން ކޯޓަށް ހުށަހެޅި ފަހުން އާންމުންގެ ތެރެއަށް ނިކުމެ އުޅުން ވެސް ޖޮލީ ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓާލައިފަ އެވެ.