19 ޖުލައި 2021 - 13:46

ކޮވިޑް ފެތުރޭތީ އަރައިފޭބުން މަނާކޮށްފައިވާ ރަށްތަކުގެ އަދަދު 15 އަށް މަދުވެއްޖެ އެވެ.
މިދިޔަ ހަފުތާގައި މޮނިޓަރިންގައި 22 ރަށެއް އޮތެވެ.
ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ، ވެކްސިން ފުރިހަމަކުރާތާ 14 ދުވަސް ފަހުން، ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކު ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް އެޗްޕީއޭ އިން ވަނީ ހަމަޖައްސައިފަ އެވެ. މިގޮތަށް ދެވޭނީ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށުގައި ހުރި އެއްރަށުން އަނެއް ރަށަށެވެ.
މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްތަކަކީ؛
- ގދ. ތިނަދޫ
- އައްޑޫ ސިޓީ (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ)
- ފ. ފީއަލި
- ޏ. ފުވައްމުލަކު
- ގއ. ވިލިގިނލި
- އއ. ތޮއްޑޫ
- ރ. ދުވާފަރު
- ގއ. ކޮނޑޭ
- ހދ. ދިއްދޫ
- ރ. މީދޫ
- ކ. ގުރައިދޫ
- ށ. ފޯކައިދޫ
- ގދ. ނަޑެއްލާ
- ކ. ކާށިދޫ
- އއ. ރަސްދޫ
މިވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ފަހަކުން ދަށުގައި ކަމަށް ވާތީ، މާލޭގައި އުޅޭ މީހުންނަށް ކަރަންޓީނު ނުވެ، މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭނެ އެވެ. އެކަމަކު ޕޮޒިޓިވިޓީ ރޭޓް މައްޗަށް ގޮސްފި ނަމަ، ކަރަންޓީނުވާން ޖެހޭނެ އެވެ.
އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ޕޮޒިޓިވިޓީ ރޭޓް 5-10 އަކާ ދެމެދުގައި ހުރި ނަމަ ހަތް ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެ އެވެ. އަދި 10 އަށް ވުރެ މައްޗަށް ގޮސްފި ނަމަ، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެ އެވެ.
ކޮވިޑު ބަލި ޖެހޭ މީހުންގެ އަދަދު މިހާރު މަދުވެފައި ވާއިރު، ރަށްރަށަށް ދަތުރު ކުރުމަށް ޕީސީއާރް ޓެސްޓުގެ ނަތީޖާ ބޭނުންވާތީ ވަރަށް ގިނަ މީހުން އަންނަނީ ޓެސްޓުކުރަމުންނެވެ.