17 ޖުލައި 2021 - 19:46

މާލޭގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި އޭގެ ތެރޭގައި އިން 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ތަޅައި މިއަދު މާރާމާރީ ހިންގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަޖީދީމަގާއި މާވެޔޮ މަގު ގުޅުނު ހިސާބުން ދުއްވާފައި ދިޔަ ކާރު ހުއްޓުވައި ކުއްޖަކަށް އަނިޔާކޮށްގެން އިރުއޮއްސި 6:40 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި ކުއްޖާގެ ބޯ ފަޅައިގެން ގޮސްފައިވެ އެވެ. އޭޑީކޭ ހޮސްޕިޓަލުން މިހާރު އަންނަނީ އެ ކުއްޖާއަށް ފަރުވާ ދެމުންނެވެ.
އެ ހާދިސާއާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.