ދެ ލީޓަރު ސޮޑާ 18 ސިކުންތުން ބޮއެގެން ރެކޯޑެއް
ދެ ލީޓަރު ސޮޑާ 18 ސިކުންތުން ބޮއެގެން ރެކޯޑެއް

ދެ ލީޓަރުގެ ސޮޑާ ބޮއެގެން އެމެރިކާގެ މީހަކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިިފި އެވެ.

ކެއިންބުއިމުގައި އަބަދު ވެސް ހަލުވި ކަމަށް މަޝްހޫރު އެރިކް ބުކާ ރެކޯޑް ހެދީ އެންމެ އަވަހަށް ދެ ލީޓަރުގެ ސޮޑާ ބޮއެގެންނެވެ. އެކަމަށް އޭނާ ނެގީ އެންމެ 18.45 ސިކުންތެވެ. މި ރެކޯޑް އޭނާ ހެދީ މި އަހަރުގެ މެއި މަހުގެ 19 ގައި ނިއު ޔޯކްގަ އެވެ.

ގިނިސް ވޯލްޑް ރެކޯޑުން އެރިކް އަށް ރެކޯޑް ކަށަވަރު ކަށަވަރުކޮށް ދިނުމުން އޭނާ ބުނީ އަބަދު ވެސް ރެކޯޑް ފޮތަށް ނަން އެރުވުމަކީ ދެކުނު ހުވަފެނެއް ކަމަށާއި އެކަން ކާމިޔާބުވުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.

ގިނިސް ވޯލްޑް ރެކޯޑުން ވަނީ އެރިކް ހިނދުކޮޅެއްގެ ތެރޭގައި ދެ ލީޓަރުގެ ސޮޑާ ދަމައިލާ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.

ތަންކޮޅެއް ބަރުހެލިކޮށް ފެންނަ އަދި ވަނަމަކަށް "ބޭޑްލަންޑްސް" ކިޔައި އުޅޭ އެރިކަކީ ރެޕާއެއްގެ އިތުރުން ޔޫޓިއުބް ޕާސަނަލިޓީއެއް ވެސް މެ އެވެ.