17 ޖުލައި 2021 - 12:06

އެސްޓީއޯ އިން ޑެވޮންޑޭލް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި މި ޕްރޮމޯޝަނުގެ ދަށުން 1،000ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. ކޫޕަން ހުށަހަޅާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ގިފްޓު ހެމްޕާއެއް ލިބޭނެ އެވެ.
އަންނަ ނޮވެމްބަރު މަހުގެ 15ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި، އެސްޓީއޯ ސުޕަމާޓާއި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުން ވިޔަފާރިކުރާ މީހުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
އެސްޓީއޯއިން ވަނީ މި ޕްރޮމޯޝަނާއެކު، ޑެވޮންޑޭލް ފުލްކްރީމްގެ އެއް ލީޓަރު ޕެކެޓް ވިއްކަމުން އައި އަގު ވެސް ހެޔޮކޮށްފަ އެވެ. ފުލްކްރީމް އެއް ލީޓަރުގެ ޕެކެޓެއް 23ރ. އަށް ވިއްކާއިރު ދެ ޕެކެޓް 40ރ. އަށް ލިބޭނެ އެވެ.