އިޒްރޭލުގައި ރޯވި އަލިފާނުން ސަލާމަތްވާން އެތައް ހާސް ބަޔަކު ރައްކާތެރިކަން ހޯދަނީ
އިޒްރޭލުގައި ރޯވި އަލިފާނުން ސަލާމަތްވާން އެތައް ހާސް ބަޔަކު ރައްކާތެރިކަން ހޯދަނީ

ތެލް އަވީވް (ނޮވެމްބަރު 25) - އިޒްރޭލުގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހައިފާގެ ޖަންގަލީގައި ރޯވި އަލިފާން ފެތުރި މީހުންނަށާއި ގެދޮރާއި މުދަލަށް ނުރައްކާވާން ފެށުމުން އެ ސިޓީގެ 80،000 މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވުމަށް އަންގައިފި އެވެ.

އިޒްރޭލުގައި ރޯވި އަލިފާނުން ސަލާމަތްވާން އެތައް ހާސް ބަޔަކު ރައްކާތެރިކަން ހޯދަނީ
އިޒްރޭލުގައި ރޯވި އަލިފާނުން ސަލާމަތްވާން އެތައް ހާސް ބަޔަކު ރައްކާތެރިކަން ހޯދަނީ

ޖަންގަލީގައި އަލިފާން ރޯވީ ހަނަަފަސްކަމުގައި ދުވަސްތައް ހޭދަވެފައި ވަނިކޮށް ވައި ބާރު ދުވަސްވަރެއްގަ އެވެ. އެހެންވެ ރޯވި އަލިފާންގަނޑު ވަނީ ހަލުވިކަމާ އެކު ފެތުރެން ފަށައިފަ އެވެ. ހައިފާގައި ރޯވި އަލިފާންގަނޑު ފެތުރި ގުދުސް އާއި ހުޅަނގު އައްސޭރީގެ ބައެއް ގޭތަކުގައި ރޯވެދާނެ ކަމުގެ ބިރު ވެސް މިހާރު ވަނީ ހީވެފަ އެވެ.

އިޒްރޭލުގައި ރޯވި އަލިފާނުން ސަލާމަތްވާން އެތައް ހާސް ބަޔަކު ރައްކާތެރިކަން ހޯދަނީ
އިޒްރޭލުގައި ރޯވި އަލިފާނުން ސަލާމަތްވާން އެތައް ހާސް ބަޔަކު ރައްކާތެރިކަން ހޯދަނީ

ހައިފާގެ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގައި ކަރަންޓް ވެސް ނެތް ކަމަށެވެ. ސްކޫލްތައް ވެސް ބަންދުކޮށްފައިވާ އިރު ހޮސްޕިޓަލްތަކުގައި ތިބި އުމުރުން ދުވަސްވީ މީހުން ވަނީ އެހެން ތަންތަނަށް ބަދަލު ކުރަން ފަށައިފަ އެވެ. ހައިފާއާ ކައިރީގައިވާ ދެ ޖަލަކުން ވެސް މީހުން ވަނީ ހުސްކޮށްފަ އެވެ. އަލިފާނުގެ ދުމުގެ ސަބަބުން 130 މީހަކަށް މިހާތަނަށް ވަނީ ހޮސްޕިޓަލްތަކުން ފަރުވާ ދީފަ އެވެ.

އިޒްރޭލުގައި ރޯވި އަލިފާނުން ސަލާމަތްވާން އެތައް ހާސް ބަޔަކު ރައްކާތެރިކަން ހޯދަނީ
އިޒްރޭލުގައި ރޯވި އަލިފާނުން ސަލާމަތްވާން އެތައް ހާސް ބަޔަކު ރައްކާތެރިކަން ހޯދަނީ

އިޒްރޭލް ފުލުހުންގެ ވެރިޔާ ރޯނީ އަލްޝެއިޗް ވިދާޅުވީ އަލިފާން ރޯވީ ބަޔަކު ގަސްދުގައި އަލިފާން ޖެހުމުން ކަމަށް ވަރަށް ބޮޑަށް ތުުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ ގޮތަށް ކަންތައް ކޮށްފައިވާ ނަމަ އެއީ ސިޔާސީ ބޭނުމެއްގައި ކުރި ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ މިފަދަ އަމަލުތައް ދަރަޖަ ކުރެވޭނީ ޓެރަރިޒަމުގެ ގޮތުގައި ކަމަށެވެ.

އިޒްރޭލުގައި ރޯވި އަލިފާނުން ސަލާމަތްވާން އެތައް ހާސް ބަޔަކު ރައްކާތެރިކަން ހޯދަނީ
އިޒްރޭލުގައި ރޯވި އަލިފާނުން ސަލާމަތްވާން އެތައް ހާސް ބަޔަކު ރައްކާތެރިކަން ހޯދަނީ

"އިޒްރޭލުގެ އެއްވެސް ބައެއް އަންދާލުމުގެ ނިޔަތުގައި އަލިފާން ޖެހި ކޮންމެ މީހަކަށް ހަރުކަށިކަމާ އެކު އަދަބު ދޭނަން،" ނަތަންޔާހޫ އިންޒާރު ދެއްވި އެވެ.

އިޒްރޭލުގެ އެޑިއުކޭޝަން މިނިސްޓަރު އަދި ކަނާތު ފިޔައިގެ ޔަހޫ ޕާޓީއެއްގެ އިސް މެންބަރެއް ކަމަށްވާ ނަފްތަލީ ބެނެޓް ތުހުމަތު ކޮށްފައިވާ ގޮތުގައި އަލިފާން ޖަހާފައި ވަނީ އަރަބިން ނުވަތަ ފަލަސްތީން މީހުންނެވެ.

އިޒްރޭލުގެ އިސް އޮފިޝަލުންގެ މި ތުހުމަތުތަކަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހަ ޖަމާއަތުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ގަސްގަހާއި ތާރީޚީ މި ބިމުގައި އަމިއްލަ އަށް އަލިފާން ޖަހަންވީ ކީއްވެ؟" އިޒްރޭލުގެ ތުހުމަތު ދޮގު ކުރަމުން ހަމާސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިޒްރޭލުގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ގިލާދު އެރްދާން ޗެނަލް 10 ގައި ވިދާޅުވީ އަލިފާން ޖެހިކަމުގެ ތުހުމަތުގައި އަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޓްވީޓާގައި އަރަބި ހޭޝްޓެގެއްގެ ގޮތުގައި ބޭނުން ކުރަމުންދާ "އިޒްރޭލް-އަލިފާންގައި" މިހާރު ދަނީ ވަރަށް ހަލުވިކަމާ އެކު ޓްރެންޑްވަމުންނެވެ. ޓްވީޓް ކުރާ ގިނަ މީހުން ދަނީ އިޒްރޭލުގައި އަލިފާން ފުތެރޭތީ އެމީހުން އުފާކުރާ ކަމަށް ބުނަމުންނެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަނދަމުންދާ އަލިފާން ނިއްވާލުމަށް އެހީތެރިވުމަށް އަވަށްޓެރި ގައުމުތަކުން އަލިފާން ނިއްވާ ބޯޓުތައް ފޮނުވައިދިނުމަށް ނަތަންޔާހޫ ވަނީ އެދިވަޑައިގެންފަ އެވެ. އަދި އަލިފާން ނިއްވުމުގައި އެހީތެެރިވުމަށް އަސްކަރީ ރިޒާވް ސިފައިން ވެސް މިހާރު ވަނީ ނެރެފަ އެވެ.