ރާއްޖެ އިން މިއަދު ކޮވިޑްގެ 217 ކޭސް
ރާއްޖެ އިން މިއަދު ކޮވިޑްގެ 217 ކޭސް

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން ކޮވިޑުގެ 217 ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން މާލެއިން ޕޮޒިޓިވްވެފައި ވަނީ 31 މީހުން ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭ އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެ ހަވީރު 6 އިން ފެށިގެން މިއަދު ހަވީރު 6 އަށް ޓެސްޓްކުރި 5،731 ސާމްޕަލްގެ ތެރެއިން މާލެ ފިޔަވައި އެހެން ރަށްރަށުން ފެނިފައި ވަނީ 88 ކޭހެވެ. އަދި ރިސޯޓުތަކުން ހަ ކޭސް ފެނިފައިވާއިރު، ހަދަމުން އަންނަ ރިސޯޓުތަކުން 92 ކޭސް ފެނިފައިވެ އެވެ. އެއޯ ރަށްފަޅު ހުރަ އެވެ. އަދި ށ. ފޯކައިދޫ އިން 31 ކޭސް ފެނިފައިވާ ކަމަށާއި، ރ. ދުވާފަރުން 28 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި އަދަދުތަކާ އެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 2،562 ގަ އެވެ. ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 75،662 އަށް އަރައިފަ އެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 72،833 އަށް އަރައިފަ އެވެ. މިހާތަނަށް މި ބަލީގައި ރާއްޖެ އިން 215 މީހަކު މަރުވެފައިވެ އެވެ.

މިދިޔަ މެއި މަހުން ފެށިގެން ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވުމުން އެޅި ފިޔަވަޅުތަކަށް، މިދިޔަ ހަފްތާގައި ވަނީ ގިނަ ލުއިތަކެއްދީފަ އެވެ.