ރަށަށް ފުރަންދިޔަ ބަޔަކު ހަނދާންނެތި ފޮށިތައް ބަހައްޓާފައި ފުރަައިފި
ރަށަށް ފުރަންދިޔަ ބަޔަކު ހަނދާންނެތި ފޮށިތައް ބަހައްޓާފައި ފުރަައިފި

މާލެއިން ރަށަކަށް ފުރި ބަޔަކު ހަނދާންނެތިގެން ފޮށިތައް ބަހައްޓާފައި މިއަދު ފުރައިފި އެވެ.

ގެއްލޭ ތަކެތީގެ ވެރިފަރާތް ހޯދުމަށް އެހީވާ ފޭސްބުކް ޕޭޖެއް ކަމަށްވާ "އެމްވީ ލޮސްޓް އެންޑް ފައުންޑް" ގެ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން މި ފޮށިތައް ހުރީ، ލޯންޗުފަހަރުގައި މާލެއިން ރަށްރަށް ވަރަށް ގިނައިން މީހުން ދަތުރުކުރާ އެއް ނަންބަރު ޖެޓީ ސަރަހައްދުގައި، އެމްއެމްއޭ ކުރިމަތީގަ އެވެ.

އެ ތަނުގައި ހަތަރު ފޮއްޓެއް ހުއްޓެވެ. އެއީ ކަޅު ކުލައިގެ ކުޑަ ފޮއްޓަކާއި ބޮޑު ފޮއްޓެއް އަދި ފިޔާތޮޅި ކުލައިގެ ކުޑަ ފޮއްޓަކާއި ބޮޑު ފޮއްޓެކެވެ.

"އެމްއެމްއޭ ކުރިމަތިން ފުރައިގެންދިޔަ ބަޔަކު ހަނދާންނެތިގެން ދޫކޮށްލާފައިވާ ފޮށިތަކެއް. ފުލުހުން އެޔާ ހަވާލުވެއްޖެ،" އެ ޕޯސްޓުގައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެއް ނަންބަރު ޖެޓީން މި ފޮށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު 5 ޖަހާއިރު ކަމަށެވެ. އަދި މިރޭ 7 ޖެހިއިރު މި ފޮށިތައް އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

ވެކްސިންގެ ދެ ޑޯޒް ޖެހިފަހުން 14 ދުވަސްވެފައިވާ ނަމަ، ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ އެޗްޕީއޭ އިން ދިނުމުން ބޮޑު ޗުއްޓީ އާއި އީދު ބަންދާއި ދިމާކޮށް ގިނަ ބަޔަކު އަންނަނީ ރަށްރަށް ދަތުރުކުރަމުންނެވެ.