މަޖިލީހަށް ދެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލްގެ މަގާމު އުފައްދައިފި
މަޖިލީހަށް ދެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލްގެ މަގާމު އުފައްދައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސެކްރެޓަރީ ޖެނެރަލްގެ ދެ މަގާމު އުފައްދަން ނިންމައިފި އެވެ.

މަޖިލީހުގެ އާންމު ކޮމެޓީން މިގޮތަށް ނިންމީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އާންމު ކޮމެޓީގެ ނައިބު މުގައްރިރު އަދި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އާމިރު ވިދާޅުވީ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލުންގެ މަސްއޫލިއްޔަތުގެ ތެރޭގައި މަޖިލީހުގެ ރައީސަށާއި އަމީން އާންމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ މަސައްކަތްތައް ހިންގުމުގައި އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލުންގެ ދައުރު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ދެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅުން ކަނޑައަޅުއްވާނީ މަޖިލީހުގެ ރައީސް،" އާމިރު ވިދާޅުވި އެވެ.

މަޖިލީހުގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލުންނަށް މުސާރަ އާއި އިނާޔަތްތަކާއެކު 25،000ރ. އަށްވުރެ ގިނައިން ލިބޭނެ އެވެ.