14 ޖުލައި 2021 - 20:14

ބޮޑު ޗުއްޓީއާ ދިމާކޮށް، އައިކެއާ އޮޕްޓިކަލްސް އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގައި، އައިކެއާގެ އައުޓްލެޓްތަކުން ވިއްކާ ހުރިހާ އެއްޗަކުން 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މާލެ އާއި ހުޅުމާލެ އާއި ފުވައްމުލައް އަދި އައްޑޫގެ އައުޓްލެޓްތަކުން ވެސް މި ޑިސްކައުންޓް ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 4 އިން އަންނަ މަހުގެ 9 ގެ ނިޔަލަށެވެ.
އަށާރަ އަހަރުގެ ތަޖުރިބާއާ އެކު އައިކެއާ އޮޕްޓިކަލް ވަނީ ލޮލުގެ ފަރުވާގައި ކަސްޓަމަރުންގެ މެދުގައި އިތުބާރާއި ޔަގީންކަން ހޯދައިފަ އެވެ. އައިކެއާ އޮޕަޓިކަލްސް އިން ފުލްޓައިމް ކޮލިފައިޑް އޮޕްޓިޝަނުން، އޮޕްޓޮމެޓްރިސްޓް އަދި އޮޕްޓަމޮލޮޖިސްޓުންނާ އެކު، ލޮލާ ގުޅުންހުރި ހުރިހާ ހިދުމަތެއް ފޯރުކޮށްދެ އެވެ. މިއީ މިގޮތަށް ހިދުމަތްދޭ ރާއްޖޭގެ ހަމައެކަނި ކުންފުންޏެވެ.
އަގުހެޔޮ އަދި ބްރޭންޑެޑް އައިނު ދުނިގަނޑާއި ކޮންޓެކްޓް ލެންސާއި ލޮލުގެ އެގްޒަމިނޭޝަން ހެދުމާއި ކޯޕަރޭޓް އައިކެއާ ޕްރޮގްރާމް ހިންގުމާއި ޓްރީޓްމަންޓްތަކާއި ސާޖަރީ ހެދުމުގެ ހިދުމަތް ވެސް އެ ކްލިނިކުން ދެ އެވެ.