އަދިވެސް 22 ރަށެއްގައި ކަރަންޓީނުވާންޖެހޭ
އަދިވެސް 22 ރަށެއްގައި ކަރަންޓީނުވާންޖެހޭ

ކޮވިޑް ފެތުރޭތީ އަރައިފޭބުން މަނާކޮށްފައިވާ 22 ރަށެއް އިއްޔެގެ ނިޔަލަށް އެބަ އޮތް ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އަދިވެސް 22 ރަށެއްގައި ކަރަންޓީނުވާންޖެހޭ
އަދިވެސް 22 ރަށެއްގައި ކަރަންޓީނުވާންޖެހޭ

މިދިޔަ ހަފުތާގައި މޮނިޓަރިންގައި 29 ރަށެއް އޮތެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ، ވެކްސިން ފުރިހަމަކުރާތާ 14 ދުވަސް ފަހުން، ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކު ކަރަންޓީނު ނުވެ ދެވޭ ގޮތަށް އެޗްޕީއޭ އިން ވަނީ ހަމަޖައްސައިފަ އެވެ. މިގޮތަށް ދެވޭނީ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށުގައި ހުރި އެއްރަށުން އަނެއް ރަށަށެވެ.

މިވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ފަހަކުން ދަށުގައި ކަމަށް ވާތީ، މާލޭގައި އުޅޭ މީހުންނަށް ކަރަންޓީނު ނުވެ، މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭނެ އެވެ. އެކަމަކު ޕޮޒިޓިވިޓީ ރޭޓް މައްޗަށް ގޮސްފި ނަމަ، ކަރަންޓީނުވާން ޖެހޭނެ އެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ޕޮޒިޓިވިޓީ ރޭޓް 5-10 އަކާ ދެމެދުގައި ހުރި ނަމަ ހަތް ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެ އެވެ. އަދި 10 އަށް ވުރެ މައްޗަށް ގޮސްފި ނަމަ، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެ އެވެ.

ރަށަށް ދިއުމުގެ ކުރިން 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހޭތީ ގިނަ ބަޔަކު މިހާރު އަންނަނީ ޓެސްޓް ހަދަމުންނެވެ. އިއްޔެ ވެސް 8،000 މީހަކު ޓެސްޓް ހަދާފައިވެ އެވެ.