13 ޖުލައި 2021 - 12:16

ހަލުވި ސްޕީޑާ އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އދ. މަހިބަދޫ އަށް މިއަދު ތައާރަފް ކޮށްފި އެވެ.
އެރަށަށް 1ޖީބީޕީއެސްއާ ހަމައަށް އިންޓަނެޓް ލިބޭނެ އެވެ. އުރީދޫން ބުނީ ސުޕަނެޓްގެ ހިދުމަތް މަހިބަދޫން ހޯދާ ފުރަތަމަ 20 ފަރާތަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ސުޕަނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެ އެވެ.
އުރީދޫގެ ޗީފް ކޮމަޝަލް އޮފިސާ ހުސައިން ނިޔާޒު ވިދާޅުވީ، ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައި ޕެކޭޖްތަކާއި ހިދުމަތްތައް އަޕްގްރޭޑް ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ، ދާދި ފަހުން ގެނައި ބަދަލުތަކާ އެކު ސުޕަނެޓް ޕެކޭޖްތަކަކީ މިހާރު މާކެޓްގައި އެންމެ ގިނަ ފައިދާތައް ލިބޭނެ ޕެކޭޖްތައް ކަމަށާއި 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ، ޑޭޓާ ރޯލް އޯވާގެ އިތުރުން ޑޭޓާ ހުސްވުމުން ލިބޭ ސްޕީޑްވެސް ދެ ގުނަ އަށް އިތުރުކޮށްފައިވާ ކަމަށެވެ.
"އދ. މަހިބަދޫ އަށް މިއަދު މި ހިދުމަތް ތައާރަފް ކުރުމަކީ މަހިބަދޫގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާ އެކު އިންޓަނެޓް ބޭނުންކުރެވި އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.