އެސްޓީއޯގެ ހިއްސާއަކަށް 57ރ. ބަހަން ފާސްކޮށްފި
އެސްޓީއޯގެ ހިއްސާއަކަށް 57ރ. ބަހަން ފާސްކޮށްފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 57ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

އެސްޓީއޯގެ ހިއްސާއަކަށް 57ރ. ބަހަން ފާސްކޮށްފި
އެސްޓީއޯގެ ހިއްސާއަކަށް 57ރ. ބަހަން ފާސްކޮށްފި

މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާއަކަށް ބަހާފައި ވަނީ 76ރ. އެވެ.

އެސްޓީއޯގެ ހިއްސާއަކަށް 57ރ. ބަހަން ފާސްކޮށްފި
އެސްޓީއޯގެ ހިއްސާއަކަށް 57ރ. ބަހަން ފާސްކޮށްފި

ޑިވިޑެންޑްގެ ގޮތުގައި ބަހާ މިންވަރު 2014 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ކުޑަ ނަމަވެސް، ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހިއްސާދާރުންނަށް މިއަހަރު އެންމެ ބޮޑު ފައިދާއެއް ބަހަނީ އެސްޓީއޯއިންނެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނަށް ބަހާނެ މިންވަރެއް ކަނޑައެޅީ ވޯޓަކަށް އެހުމަށްފަހު އެވެ. މިރޭގެ ޖަލްސާއަށް 392 މެމްބަރުން ހާޒިރުވި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުންޏަށް މިދިޔަ އަހަރު 7.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 435 މިލިއަން ރުފިޔާ އެވެ. އަދި ހިއްސާއަކަށް ޖެހިފައި ވަނީ 382ރ. އެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އަދި އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އަދި މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ މިންވަރަކީ 2014 ވަނަ އަހަރާ އަޅާބަލާއިރު 45 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން މިދިޔަ އަހަރު 520 މިލިއަން ރުފިޔާ ފައިދާވެފައިވެ އެވެ.

މިރޭ ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ އާއި އަހަރީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަންކުރުން އޮތެވެ.

އެ ޖަލްސާގެ ރިޔާސަތު ބެލެހެެއްޓެވި ޗެއާމަން އަހުމަދު ނިޔާޒް ވިދާޅުވީ މިއަހަރުގެ ޖަލްސާއަކީ އެ ކުންފުނީގެ ތަރީހުގައި ވެސް އެންމެ ގިނަ ހިއްސާދާރުން ބައިވެރިވި ޖަލްސާ ކަމަށެވެ.