އެ މީހަކު ބޭނުންވާ ވައްތަރުގެ ހިޔަރިން އެއިޑެއް ބޭނުން؟
އެ މީހަކު ބޭނުންވާ ވައްތަރުގެ ހިޔަރިން އެއިޑެއް ބޭނުން؟

ޓްރީ ޓޮޕް ހޮސްޕިޓަލުން ކަސްޓަމް ހިޔަރިން އެއިޑް ތައްޔާރު ކޮށްދޭން ފަށައިފި އެވެ.

މި ހިދުމަތް އެ ހޮސްޕިޓަލުން ދެނީ "އިޔާ އިމްޕްރެޝަންސް ޕްރޮސީޖާ" މެދުވެރިކޮށެވެ. މިގޮތަށް ކަސްޓަމައިޒްކޮށް ހިޔަރިން އެއިޑް ހެދުމުން ކަންފަތަށް އަޑު އިވޭ ވަރު ސާފުކޮށް، ފަސޭހަ ކޮށްދޭނެ އެވެ. އަދި އެ މީހަކަށް ފަސޭހަވާނެ ގޮތަކަށް ހިޔަރިން އެއިޑް ތައްޔާރު ކޮށްލެވޭނެ އެވެ.

- ފުރަތަމަ ދައްކަން ޖެހޭނީ ކަރުން މަތީގެ ހާއްސަ ޑޮކްޓަރަށް. ހިޔަރިން އެއިޑެއް ބޭނުންވާ މީހެއް ނަމަ ޓެސްޓުކޮށް، އެ މީހަކަށް އެންމެ ރަނގަޅު ހިޔަރިން އެއިޑް ދެނެގަންނާނެ.

- ދެން ދައްކާނީ އޯޑިއޮލޮޖިސްޓަކަށް. މީގެ ބޭނުމަކީ އަޑުއެހުމުގެ ގާބިލުކަން ހުރި ވަރު ދެނެގަތުން. އެ އަށް ފަހު އޮޓޮލައިޓާއި ހާއްސަ ސިރިންޖު ބޭނުންކޮށްގެން ހިޔައިން އެއިޑްގެ ސިލިކޯން މޯލްޑެއް ހަދާނެ.

- ހިޔަރިން އެއިޑް ތައްޔާރު ކުރުމަށް ފަހު، އެ މީހަކަށް ފަސޭހައިން އަޑު އިވޭނެ ގޮތަކަށް އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިޔަރިން އެއިޑް ޕްރޮގްރާމު ކޮށްލާނެ.

ކަސްޓަމް ހިޔަރިން އެއިޑަކީ ކަންފަތައް ފަސޭހަ އަދި ބަލައިލަން ރީތި ޑިޒައިނަކަށް ހުންނަ ގޮތައް ފަރުމާކުރާ ހިޔަރިން އެއިޑެކެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅޭނެ އެވެ. ނުވަތަ[email protected]އަށް މެއިލް ކުރެވޭނެ އެވެ.