މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެ އިން ކޮވިޑްގެ 124 ކޭސް
މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެ އިން ކޮވިޑްގެ 124 ކޭސް

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޖުމުލަ 124 ކޮވިޑް ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން މާލެއިން ޕޮޒިޓިވްވެފައިވަނީ 26 މީހުން ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެ އިދާރާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު އަށް މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްރަށުން ފެނުނީ 73 ކޭހެވެ. އަދި ރިސޯޓުތަކުން ނުވަ މީހަކާއި ހަދަމުން އަންނަ ރިސޯޓުތަކުން 13 މީހަކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މި އަދަދު ތަކާއެކު މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2،865 ގައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 74،848 އަށް އަރައިފަ އެވެ. މީގެ ތެރެއިން 71،758 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާތަނަށް މި ބަލީގައި ރާއްޖެއިން 213 މީހަކު މަރުވެފައިވެ އެވެ.

މިދިޔަ މެއި މަހުން ފެށިގެން ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވުމުން، މާލެ ސަރަހައްދުގައި ކާފިއު އިއުލާނުކޮށް ގިނަ އަދަދެއްގެ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އަދި ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށް ވުމާއެކު މިހާރު ވަނީ ކާފިއު އުވާލައި، ބޮޑު ލުއިތަކެއް ދީފަ އެވެ.