26 ނޮވެމްބަރ 2016 - 06:54

މަލައިކާ އަރޯރާ ޚާން އާއި އަރްބާޒް ޚާން ވަރިވާ ވާހަކަ ދެކެވެން ފެށީއްސުރެ މަލައިކާ އާއި އަރްޖުން ކަޕޫރުގެ ޚާއްސަ ގުޅުމެއް އޮންނަ ވާހަކަތައް ދަނީ ދެކެވެމުންނެވެ. މީގެ ކުރިން މިކަމާ ބެހޭ ގޮތުން މަލައިކާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ދާދި ފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި މަލައިކާ ބުނެފައި ވަނީ އަރްޖުން އަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ.
އެމީހުންގެ އެކުވެރިކަން އެހެން މީހުން މާނަކުރާގޮތް ތަފާތީ ކަމަށް މަލައިކާ ބުނެފައިވެ އެވެ. މީގެ ކުރިން އަރްޖުން އާއި މަލައިކާއާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވުނަސް މަލައިކާ ހިމޭނުން ހުރެފައި ކުއްލިއަކަށް މި ވާހަކަތައް ދެއްކީ ކީއްވެ ކަމެއް ނޭނގެ އެވެ.
މަލައިކާ އާއި އަރްބާޒްގެ ވަރީގެ މައްސަލަ މިހާރުވަނީ އެންމެ ފަހު މަރުހަލާގަ އެވެ.
އަރްބާޒް ވެސް މިހާރު އާ ލޯބިވެރިއަކު ހޯދައިގެން އުޅޭ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ. އަދި ޔެލޯ މެހެރާ ކިޔާ މި އަންހެންމީހާ އަރްބާޒްގެ އާއިލާއާ އެކު ވަރަށް ގިނައިން މިހާރު ފެނެ އެވެ.
އަރްޖުން އަކީ ގާތް ރައްޓެއްސެއް ކަމަށް މަލައިކާ ބުނި ނަމަވެސް އެ ވާހަކަ ގަބޫލުކުރަނީ މަދުބައެކެވެ. ސަބަބަކީ ރޭގަނޑުގެ ވަރަށް ދަން ވަގުތު ތަކުގައި ވެސް މަލައިކާ މިހާރު ދިރިއުޅޭ އެޕާޓްމަންޓުން އަރްޖުން ނުކުންނަތަން އެކި ނޫސްވެރިންނަށް ފެނިގެން ރިޕޯޓު ކުރަމުން ދާތީ އެވެ.
މަލައިކާ، 43، އަރްޖުން އަށް ވުރެ 12 އަހަރު ދޮއްޓެވެ. އަރްޖުންގެ އުމުރަކީ 31 އަހަރެވެ. އަދި މަލައިކާގެ 14 އަހަރަށް ދާ ފިރިހެން ދަރިއެއްވެސް ހުރެ އެވެ.