އަކްޝޭ އާއި އަމީތާބު 10 އަހަރަށް ފަހު އެކުގައި
އަކްޝޭ އާއި އަމީތާބު 10 އަހަރަށް ފަހު އެކުގައި

ޗީނީ ކަމް، ޝަމީތާބު އަދި ކީ އެންޑް ކާ ފަދަ ތަފާތު ފިލްމުތައް އުފެއްދި މަޝްހޫރު ޑައިރެކްޓަރު އާރް.ބާލްކީގެ އާ ފިލްމުގެ ބަތަލުންގެ ގޮތުގައި އަމީތާބު ބައްޗަން އާއި އަކްޝޭ ކުމާރު ހަމަޖެހިއްޖެ އެވެ.

އެންމެ ފަހުން މި ދެ ތަރިން އެކުގައި ފެނިފައި ވަނީ މީގެ 10 ވަރަކަށް އަހަރު ކުރިން ނުކުތް ރާޖް ކުމާރު ސަންތޯޝީގެ "ފެމެލީ" އިންނެވެ. އޭގެ ކުރިން 2005 ވަނަ އަހަރު ވިޕުލް ޝާހް އުފެއްދި "ވަގުތު – ރޭސް އެގެއިންސް ޓައިމް" ގައި އަމީތާބު ވަނީ އަކްޝޭގެ ބައްޕަގެ ބައި ކުޅެފަ އެވެ.

ބާލްކީ މިހާރު ވަނީ މި ފިލްމުގެ ސްކްރިޕްޓް އަކްޝޭ އާ ހިއްސާކޮށްފަ އެވެ. އަދި ފިލްމަށް އަކްޝޭ ރުހުން ދީފައިވާ ކަމަށްވެ އެވެ.

ބާލްކީގެ އަންހެނުން ގޯރީ ޝިންޑޭ އަކީ ވެސް ކުޅަދާނަ ޑައިރެކްޓަރެކެވެ. ޝާހްރުކް ޚާނާއި އާލިއާ ބަޓް ލީޑް ރޯލު ކުޅޭ ގޯރީ ޑައިރެކްޓްކޮށްފައިވާ "ޑިއާ ޒިންދަގީ" ހުކުރު ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާތީ ބާލްކީ ފިލްމުގެ މަސައްކަތް ފަށާނީ އޭގެ ފަހުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިފަހަރުގެ ފިލްމުގައި ވެސް އަކްޝޭ އާއި އަމީތާބު ކުޅެނި ދެބަފައިންގެ ރޯލު ކަމަށް ވެއެވެ.