08 ޖުލައި 2021 - 09:48

އިންޓަކަނެކްޝަން ޕްރޮޖެކްޓުގެ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނީ މާދަމާ ކަރަންކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00އިން 9:00އަށް ކަމަށެވެ. ވަކި ގަޑިއެއް ކަނޑައަޅައިފައިވީ ނަމަވެސް މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ދޭނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކަނޑާލަނީ އިންޓަކަނެކްޝަން ޕްރޮޖެކްޓުގެ މަސައްކަތެއް ކުރުމަށެވެ. މިއީ މި ޕްރޮޖެކްޓު ނިންމާލައި، މާލޭގެގ މެއިން ސިސްޓަމާ ގުޅާލުމަށް މުހިންމު މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ކުރިއަށްގެންދާ އިންޓަކަނެކްޝަން ޕްރޮޖެކްޓަކީ މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓު ނިމުމުން ހުޅުމާލެ އިން މާލެ އަށް އަދި މާލެ އިން ހުޅުލެ އަށް ވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި ވަގުތުން ކަރަންޓު ދެވޭނެ އެވެ.
ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓުގެ އިންޖީނުގެ އިން 50 މެގަވޮޓުގެ ކަރަންޓު އުފައްދާއިރު، މިހާރު ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޮޓް ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެހެންވެ، ބާކީ އުފައްދާ ކަރަންޓު މި ވިއުގަ މެދުވެރިކޮށް މާލެ ސަރަހައްދަށް ބަހައިލާނެ އެވެ.
މާލެ ސަރަހައްދުން ކަރަންޓުގެ ޑިމާންޑު އަ ހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓަށް އިތުރުވަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. މި ޕްރޮޖެކްޓާ އެކު މިކަމަށް ބޮޑު ހައްލެއް ލިބި، ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.