07 ޖުލައި 2021 - 17:32

މާލޭގެ ކިންގް ސަލްމާން މިސްކިތް ކައިރީގައި މިއަދު ބަޔަކު މާރާމާރީއެއް ހިންގައި އެކެއްގެ ބޯ ފަޅާލައިފި އެވެ.
މި މާރާމާރީގައި އަނިޔާވި އުމުރުން 20 އަހަރުގެ ފިރިހެންމީހާ އަށް މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތިން މީހަކު ގުޅިގެން މީހެއްގެ ގައިގައި ތަޅައި، މާރާމާރީ ހިންގި މައްސަލައެއް މިއަދު މެންދުރު ފަހު ބަޔަކު ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އޭނާގެ ބޮލާއި މޫނުމަތީގައި ހުރީ ހުސް ލެ އެވެ.
މި މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެެއް އަދި ޔަގީނެއް ނުވެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.