ޕެނަލްޓީން ސްޕެއިން ބަލިކޮށް އިޓަލީ ފައިނަލަށް
ޕެނަލްޓީން ސްޕެއިން ބަލިކޮށް އިޓަލީ ފައިނަލަށް

ލަންޑަން (ޖުލައި 7) - ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިޓަލީ ދަތުރު ކޮށްފި އެވެ.

ޕެނަލްޓީން ސްޕެއިން ބަލިކޮށް އިޓަލީ ފައިނަލަށް
ޕެނަލްޓީން ސްޕެއިން ބަލިކޮށް އިޓަލީ ފައިނަލަށް

ޔޫރޯގެ ފައިނަލަށް އިޓަލީ ދަތުރު ކުރީ ނުވަ އަހަރަށް ފަހު އެވެ. ފައިނަލުގައި އެ ޓީމު ނުކުންނާނީ އިންގްލެންޑާއި ޑެންމާކުގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ.

ޔޫރޯގެ ފައިނަލުގައި އިޓަލީ އެންމެ ފަހުން ކުޅުނީ 2012 ގަ އެވެ. އޭރު އެ ޓީމު ފައިނަލުގައި ނުކުތީ ސްޕެއިން އާ ދެކޮޅަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި، ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސްޕެއިންގެ ޑެނީ އޮލްމޯ އަށެވެ. ފެރާން ޓޯރޭޒް ދިން ބޯޅަ ޖަހަން ހުސްކޮށް އޮލްމޯ އަށް ފުރުސަތު ލިބުނު ނަމަވެސް އޭނާ އަށް ބޯޅަ ކޮންޓްރޯލް ނުކުރެވުނެވެ. ދެ ވަނަ ފަހަރަށް ބޯޅަ ހޯދަން އުޅުނު އިރު އިޓަލީގެ ޑިފެންސުން އެ ބޯޅަ ހޯދި އެވެ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ މެޗުގެ ކުރިން ބުނި ފަދައިން އޭނާގެ ޓީމުން އިސްކަން ދިނީ ބޯޅަ ޕޮޒެޝަން ހިފަހައްޓައިގެން މެޗު ޑޮމިނޭޓް ކުރުމަށެވެ. ސްޕެއިން އިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް ވެސް އުފެއްދި އެވެ. ދެ ވަނަ ހާފުގައި އިޓަލީން މަސައްކަތް ކުރީ ކައުންޓަ އެޓޭކު ފުރުސަތުގައި ހަމަލާ އުފެއްދުމަށެވެ.

އިޓަލީގެ ލަނޑު މެޗުގެ 62 ވަނަ މިނެޓްގައި ފެޑްރީކޯ ކިއޭޒާ ކާމިޔާބު ކުރީ ކައުންޓަ އެޓޭކު ފުރުސަތުގައި އުފެއްދި ހަމަލާގައި ޗީރޯ އިމްބިލޭ ދިން ބޯޅައިންނެވެ. ކިއޭޒާ އޭރިއާގެ ކަނާދިމާލުން ވަދެ ގޯލް ވައްދާލީ ގޯލްގެ ކަނަށެވެ.

ލީޑު ނެގުމަށް ފަހު އިޓަލީން ވަނީ މެޗު ލަސް ކުރުމަށާއި ޑިފެންސިވް ވިސްނުމެއްގައި ކުޅުމަށް އިސްކަން ދީފަ އެވެ.

ސްޕެއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. މެޗުގެ 80 ވަނަ މިނެޓްގައި އޮލްމޯ އާއި މޮރާޓާގެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން ބޭނުން ކޮށްގެން އުފެއްދި ފުރުސަތު އޮލްމޯ ދިން ޕާސް އޭރިއާ ތެރެއަށް ޕުޝްކޮށްލުމުން މޮރާޓާ އަރައި ގޯލްގެ ތިރީ ކަނަށް ވައްދައިލި އެވެ.

މެޗުގެ 90 މިނެޓްގެ ކުޅުނު އެއްވަރު ވެގެން ނިމުމުން ކުޅުނު އެކްސްޓްރާ ޓައިމްގައި ފެނުނީ މެޗުގެ ފުރިހަމަ ވަގުތު ގައި ފެނިގެން ދިޔަ ގޭމަށް ވުރެ ސްލޯ ގޭމެކެވެ.

ޕެނަލްޓީ ޝޫޓްއައުޓް

މެނުއަލް ލޮކަޓެލީ އިޓަލީ އަށް ޖަހައިދިން ޕެނަލްޓީ ކާމިޔާބެއް ނުވި. ކީޕަރު އުނައި ސމޯން ދިފާއު ކުރީ.

ޑެނީ އޮލްމާ ސްޕެއިން އަށް ޖަހައިދިން ޕެނަލްޓީ ކާމިޔާބެއް ނުވި. އެ ޕެނަލްޓީ ދޔައި ހުރަސް ދަނޑިމަތިން ބޭރަށް

އިޓަލީގެ ޕެނަލްޓީ އެންޑްރެއާ ބެލޯޓީ ކާމިޔާބު ކުރި

ސްޕެއިންގެ ޕެނަލްޓީ ޖެރާޑް މޮރޭނޯ ކާމިޔާބު ކުރި

އިޓަލީގެ ޕެނަލްޓީ ލިއޮނާޑޯ ބަނޫޗީ ކާމިޔާބު ކުރި

ސްޕެއިންގެ ޕެނަލްޓީ ތިއާގޯ ކާމިޔާބުކުރި

އިޓަލީގެ ޕެނަލްޓީ ފެޑްރީކޯ ބާނެޑސްކީ ކާމިޔާބު ކުރި

އަލްވާރޯ މޮރާޓާ ސްޕެއިން އަށް ޖަހައިދިން ޕެނަލްޓީ ކާމިޔާބެއް ނުވި. ކީޕަރު ޑޮނަރުންމާ ދިފާއު ކުރީ

އިޓަލީގެ ޕެނަލްޓީ ޖޯޖީނިއޯ ކާމިޔާބު ކުރި