ހިލޭ ގުޅޭ އުރީދޫގެ ވޯކްގްރޫޕް ހިދުމަތުގައި އޭވިއޭޝަން ކޮމާންޑުން ބައިވެރިވެއްޖެ
ހިލޭ ގުޅޭ އުރީދޫގެ ވޯކްގްރޫޕް ހިދުމަތުގައި އޭވިއޭޝަން ކޮމާންޑުން ބައިވެރިވެއްޖެ

ކުންފުންޏެއް ނުވަތަ މުއައްސަސާއެއްގެ މުވައްޒަފުންގެ މެދުގައި ހިލޭ ފޯން ކޯލާއި އެސްއެމްއެސް ކުރެވޭ އުރީދޫގެ ވޯކްގްރޫޕް ހިދުމަތް އޭވިއޭޝަން ސެކިއުރިޓީ ކޮންޓްރޯލަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.

އުރީދޫގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ބާލާޖީ ސްރިނިވާސަން އާއި އޭވިއޭޝަން ސެކިއުރިޓީގެ ޑެޕިއުޓީ ކޮމާންޑަރު، މޭޖާ މުހައްމަދު ފަސީހު އެވެ.

މި ރަސްމިއްޔާތުގައި ފަސީހު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުުގެ ދަށުން، އެ މުއައްސަސާގެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭނެ އެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން އުރީދޫގެ ސީއީއޯ ވިކްރަމަ ސިންހަ ވިދާޅުވީ އުރީދޫގެ ހިދުމަތްތައް މެދުވެރިކޮށް ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައި ދީގެން އެ ކުންފުނިތައް ކުރިއެރުވުމަކީ އުރީދޫގެ މަގްސަދެއް ކަމަށެވެ. ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ޓީމްތަކުގެ މެދުގައި އެދެވޭ ގޮތެއްގައި މުއާމަލާތް ކުރުމުގައި ވޯކްގްރޫޕް ފަދަ ޓެކްނޮލޮޖީތަކުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ކުރަމުންދާ މުހިންމު މަސައްކަތުގައި އެ ބޭފުޅުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ސިންހަ ވިދާޅުވި އެވެ.

އުރީދޫގެ ވޯކްގްރޫޕް ހިދުމަތް ބޭނުންކުރާ ކުންފުނިތަކާއި މުއައްސަސާތަކަށް ދީފައިވާ ހާއްސަ ޕޯޓަލް މެދުވެރިކޮށް، އެ ފަރާތަކުން ދައްކަންޖެހޭ ބިލް ޗެކްކުރުމާއި އާ ކަނެކްޝަންތަކަށް އެދުމާއި ވޯކްގްރޫޕުގައި ހިމެނޭ ފަރާތްތަށް ބަލައި އެ ލިސްޓަށް މުވައްޒަފުން އިތުރުކޮށް، މަދުކުރެވޭނެ އެވެ. އަދި ވަކިވަކި ގްރޫޕްތައް އުފައްދާ، މި ގްރޫޕްތަކަށް އެސްއެމްއެސް ކުރުމުގެ ފަސޭހަކަން ވެސް މި ޕޯޓަލް މެދުވެރިކޮށް ލިބެ އެވެ.

ވޯކްގްރޫޕްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި އެމްއެންޑީއެފް، ޕޮލިސް، އެސްޓީއޯ، ކަސްޓަމްސް، ޕީޖީ އޮފީސް، ފިނޭންސް މިނިސްޓްރީ، ޔޫތު މިނިސްޓްރީ، އެންވަޔަރަމަންޓް މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީގެ އިތުރުން މަޝްހޫރު އެތައް ކުންފުންޏަކާއި ރިސޯޓެއް ހިމެނެ އެވެ.