ކޮވިޑް ޖެހި ރަނގަޅުވެފައިވާ ކުދިންގެ ސްކްރީނިން އަށް ޓްރީ ޓޮޕުން ހާއްސަ ޕެކޭޖެއް
ކޮވިޑް ޖެހި ރަނގަޅުވެފައިވާ ކުދިންގެ ސްކްރީނިން އަށް ޓްރީ ޓޮޕުން ހާއްސަ ޕެކޭޖެއް

ކޮވިޑް ޖެހި ރަނގަޅުވެފައިވާ ކުދިންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން "ޕޯސްޓް ކޮވިޑް ކެއާ ޕީޑިއެޓްރިކްސް" ގެ ނަމުގައި ޕެކޭޖެއް ތައާރަފްކޮށްފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ކޮވިޑް ބަލިން ރަނގަޅުވުމަށް ފަހު ކުރިމަތިވާ އިތުރު އުނދަގޫތައް ދެނެގަނެ، ކުޑަކުދިންގެ ސިއްހީ ހާލަތު ކައިރިން ބަލައިލުމަށް މިއީ ރަނގަޅު ޕެކޭޖެއް ކަމަށެވެ. މި ޕެކޭޖުގެ ދަށުން 16 އަަހަރުން ދަށުގެ ކުޑަކުދިން ޑޮކްޓަރަށް ދެއްކުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

މި ޕެކޭޖު މެދުވެރިކޮށް ކުޑަކުދިންގެ ހެލްތް ސްކްރީނިންއެއް ހަދާނެ އެވެ. މިއާ އެކު ސިއްހީ ގޮތުން ފާހަގަވާ އިތުރު ކަންކަން ދެނެގަތުމަށް ފަސޭހަވާނެ އެވެ. މިފަދަ ސްކްރީނިންއެއްގެ ތެރެއިން ކުޑަކުދިންގެ ސިއްހީ ހާލަތު ދެނެގަނެ، ބޮޑުވަމުން އަންނަ ވަރު ދެނެ ގަނެ، ސިއްހީގޮތުން ދުޅަހެޔޮ ކުއްޖަކަށް ހެދުމަށް ކުރެވޭނެ ކަންކަން އެނގޭނެ އެވެ. މިއީ ދިފާއީ ނިޒާމު ބަލިކަށި އަދި ސިއްހީ ގޮތުން މައްސަލަތައް ހުންނަ ކުދިންނަށް ކޮންމެހެން މުހިންމު ކަމެކެވެ.

"ޕޯސްޓް ކޮވިޑް ކެއާ ޕީޑިއެޓްރިކްސް" ޕެކޭޖުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ފުލް ބްލަޑް ކައުންޓާއި ރީނަލް ޕްރޮފައިލް އާއި ލިވާ ޕްރޮފައިލް އާއި އީއެސްއާރް އާއި ޓްރޮޕޮނިން އާއި ސީ ރިއެކްޝަން ޕްރޮޓީން އާއި ޑީ ޑިމާ އާއި ފެރިޓިންގެ އިތުރުން ޔޫރިން އެނަލިސިސް ހިމެނެ އެވެ. އަދި ކުޑަ ކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ވެސް ޕޭޝަންޓުން ބަލާނެ އެވެ.

ކުޑަކުދިންގެ ހާއްސަ ބަލިތަކަށް ފަރުވާ ދިނުމުގައި އެންމެ ޒަމާނީ ސިއްހީ ހިދުމަތްދޭ އާލާތްތައް ބޭނުން ކުރާނެ ކަމަށް އެ ހޮސްޕިޓަގުން ބުނެފައިވެ އެވެ. މި ޕެކޭޖުގެ އަގަކީ ދިވެހިންނަށް 1،363ރ. އަދި ވޯކް ޕާމިޓް ހޯލްޑާއެއް ނަމަ 1،600ރ. އެވެ. މި ޕެކޭޖު ނަގަން ބޭނުންވާ ނަމަ އެ ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅައިގެން ނުވަތަ[email protected]އަށް އީމެއިލްކޮށްގެން ހޯދޭނެ އެވެ.