ދެ ގައުމަކުން ރާއްޖެއަށް އޮނަރަރީ ކޮންސުލްގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި
ދެ ގައުމަކުން ރާއްޖެއަށް އޮނަރަރީ ކޮންސުލްގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި

ހަންގޭރީ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކޮންސުލް މުހައްމަދު އަލީ ޖަނާހާއި އިންޑޮނީޝިއާ ސަރުކާރުން ރާއްޖެ އަށް ހަމަޖެއްސި އޮނަރަރީ ކޮންސުލް ޖައުފަރު އީސާ އާދަމަށް އެ މަގާމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

ދެ ގައުމަކުން ރާއްޖެއަށް އޮނަރަރީ ކޮންސުލްގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި
ދެ ގައުމަކުން ރާއްޖެއަށް އޮނަރަރީ ކޮންސުލްގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފި

ފޮރިން މިނިސްޓްރީން ބުނީ، އެ ދެ ބޭފުޅުންނަށް ރާއްޖޭގައި އެ ގައުމުތަކުގެ އޮނަރަރީ ކޮންސިލްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ ހުއްދަ ދެއްވައި، އެ ކަމުގެ ލިޔުން ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށެވެ.

އިންޑޮނީޝިއާ އިން ކަނޑައެޅި އޮނަރަރީ ކޮންސެލް ޖައުފަރަކީ ޖާހު ޕްރައިވެޓް ލިމިޓެޑްގެ ފައުންޑަރު އަދި އެގްޒެކެޓިވް ޑިރެކްޓަރެވެ. ހަންގޭރީން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކޮންސުލް، ޖަނާހު އަކީ ޓޫރިޒަމް ވިޔަފާރީގައި އުޅުއްވާ ބޭފުޅެކެވެ. އޭނާ ވަނީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) ގެ ޗެއާމަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސްކަން ކުރައްވައިފަ އެވެ.

އެކި ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅާފައި ތިއްބަވާ އޮނަރަރީ ކޮންސުލުންނަކީ އެ ގައުމުތަކުގެ ސަރުކާރުން ކަނޑައަޅާ އެ ގައުމުތަކުން ރާއްޖޭގައި ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތަކުގައި އެހީތެރިވުމަށް ތިއްބަވާ ބޭފުޅުންނެވެ.