ލަންކާ ގައި ތަށި ހޯދި ދިވެހި ކޯޗަށް ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ރޭވުން
ލަންކާ ގައި ތަށި ހޯދި ދިވެހި ކޯޗަށް ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ރޭވުން

އަވަށްޓެރި ސްރީ ލަންކާގެ ގޯލްޑް ކަޕްގެ ޗެމްޕިއަންކަން 2013 ގައި އެ ގައުމުގެ ޖާވާ ލޭން އަށް ހޯދައިދިނީ ދިވެހި ކޯޗު މުހައްމަދު އާދަމް އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި އޭ ލައިސެންސް ކޯޗިން ކޯހުގެ ބައިވެރި އެކެވެ. ޖާވާ ލޭން އާއި ލަންކާގެ ފުޓްބޯޅަ އަށް އޭނާ ކޮށްދިން ހިދުމަތް ފާހަގަކޮށް ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަނާއި ޖާވާ ލޭން އިން އެކަން އަގުވަޒަން ކުރިކަމުގެ "ރިގޮގްނިޝަން" ލިޔުން ވެސް އޭނާ އަށް ދީފައި ވެ އެވެ. ރާއްޖެ އިން ބޭރުގައި އެންމެ ފުރަތަމަ މަސައްކަތްކުރި އަދި ރާއްޖެ އިން ބޭރުގެ ކްލަބެއްގައި ހަމައެކަނި ތައްޓެއް ހޯދި ދިވެއްސަކީ، އެފްއޭއެމްގެ މަގާމަށް ހޮނިހިރު ދުވަހު ހަމަޖެއްސި މުހައްމަދެވެ.

ލަންކާ ގައި ތަށި ހޯދި ދިވެހި ކޯޗަށް ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ރޭވުން
ލަންކާ ގައި ތަށި ހޯދި ދިވެހި ކޯޗަށް ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ރޭވުން

ލަންކާގައި ކާމިޔާބު ހޯދި ނަމަވެސް ރާއްޖޭގައި މުހައްމަދަށް ކާމިޔާބެއް ނުހޯދުނެވެ. ރާއްޖޭގެ ޓޮޕް ޑިވިޝަންގައި މަސައްކަތް ކުރި ދިވެހި ކޯޗުންގެ ތެރެއިން އެންމެ ދަށް ނަތީޖާއެއް ލިބުނު ކޯޗަކީ އޭނާ އެވެ. ވިކްޓަރީ ސްޕޯޓްސް ކަލްބާ އެކު 2019-2020 ގެ ސީޒަންގައި ލީގު ފަށައި ވަކި ހިސާބަކުން އޭނާ އިސްތިއުފާ ދިނެވެ. މަސައްކަތް ކުރެވޭނެ ހާލަތެއް ވިކްޓަރީގައި ނެތެވެ. ކުޅުންތެރިން ހަމަކޮށް މެޗެއް ކުޅެލެވޭނެ ފެންވަރު ވެސް ނެތް ހާލަތަށް ވިކްޓަރީ ވެއްޓި އެ ކްލަބު ސަސްޕެންޑް ވީ އެވެ.

ލަންކާ ގައި ތަށި ހޯދި ދިވެހި ކޯޗަށް ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ރޭވުން
ލަންކާ ގައި ތަށި ހޯދި ދިވެހި ކޯޗަށް ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ރޭވުން

އޭގެ ފަހުން ޔުނައިޓެޑް ވިކްޓަރީއާ ހަވާލުވެ، މި އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހާ ހަމައަށް އޭނާ އެ ކްލަބުގައި ހޭދަކުރިއިރު ހޯދުނީ އެންމެ މޮޅެކެވެ. އެއީ 2019-2020 ގެ ލީގުގެ ފަހު މެޗުގައި ޓީސީ އަތުން 4-2 އިން ހޯދި މޮޅު އެކަންޏެވެ.

ލަންކާ ގައި ތަށި ހޯދި ދިވެހި ކޯޗަށް ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ރޭވުން
ލަންކާ ގައި ތަށި ހޯދި ދިވެހި ކޯޗަށް ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ރޭވުން

ލަންކާގައި ތަށި ހޯދި ކޯޗަށް ރާއްޖޭގެ ދަނޑުގައި ކާމިޔާބު ނުލިބުމުގައި މަގުބޫލު ސަބަބުތަކެއް މުހައްމަދު ދައްކަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އޮތް ގޮންޖެހުމުގެ ހާލަތު އޭނާ އަށް ކުރިމަތިވި އެވެ. ރާއްޖޭގެ ކުޅުންތެރިންގެ ވިސްނުމާއި ކްލަބުތަކުގެ މެނޭޖުމެންޓްގެ ދަށް ހާލަތަކީ ނެތް ހާލަތެއް ނޫންކަން ދައްކާކަށް އޭނާ ބޭނުމެއް ނުވެ އެވެ. ރާއްޖޭގެ ފުޓުބޯޅަ އެ ހަގީގަތާ ކުރިމަތިލައިގެން ނޫނީ އެކަންކަން ބަދަލު ނުކުރެވޭނެ އެވެ.

"ޖާވާ ލޭންއާ އެކު ތަށި ހޯދުނީ އެއް އަހަރު ތެރޭގައެއް ނޫން. އެއީ ދެ އަހަރެއްހާ ދުވަހުގެ މަސައްކަތް،" މުހައްމަދު ކިޔައި ދިނެވެ.

އޭނާ އެން ފުރަތަމަ އެ ކްލަބާ ހަވާލުވިއރު އެ ކްލަބު އޮތީ 18 ކްލަބު ހިމެނޭ ލީގުގެ އެންމެ ފަހަތުގަ އެވެ. އޭނާ ގޮސް ވެއްޓެމުން ދިޔަ އެ ކްލަބު ސަލާމަތް ކޮށްދިނެވެ. އޭނާގެ ދެ ވަނަ އަހަރު ލީގުގެ އަށް ވަނަ އެ ކްލަބަށް ހޯދައިދިނެވެ. އަދި ގޯލްޑް ކަޕްގެ ކާމިޔާބު ކޮށްދިނެވެ.

"ޕްރީ ސީޒަނަށް ތައްޔާރުވާން އެފްއޭއެމުން ކޮންމެ ކްލަބަކަށް އެއް ލައްކަ ރުފިޔާ ދޭތީ އަހަރެން ބުނިން އިއްސޭ [ޔުނައިޓެޑް ވިކްޓަރީގެ ރައީސް އިސްމާއީލް ޝަފީއު] ކައިރީ ގައި ހިނގާށޭ ކޭމްޕެއް ދާން. އެއީ އަސްލުގައި ޓީމު ބޮންޑިން އަށް އެންމެ ވަރުގަދަ އެއް ކަންތައް،" މުހައްމަދު ބުންޏެވެ.

"އަހަރެން ޖަވާ ލޭން ގެންގުޅުނު އިރުވެސް ސީޒަން ފެށުމުގެ ކުރިން ކޭމްޕެއް ޖެހީ. ޓްރޭނިން އޮންނާނީ އެކައްޗެއް. އެކަމަކު ވާ ގޮތަކީ އެ ކޭމްޕުން ކުޅުންތެރިން ޑިސިޕްލިން ވެގެން ދިޔަ. ޑިސިޕްލިންއޭ މި ބުނީ ކުޅުންތެރިން އެއްކޮށް ހެނދުނު ސައިބޯ ގަޑީގައި އެއްކޮށް ސައިބޯނެ މެންދުރު ކާ ގަޑީގައި އެއްކޮށް ކާނެ. ކުޅެން ދާން ޖެހޭ ގަޑީގައި އެއްކޮށް ޓްރޭނިން އަށް ދާނެ. މި ޑިސިޕްލިން ގެނެވުނީމަ ޓީމު ބޮޑިން މި އަންނަނީ."

ކުޅުންތެރިންނާ ޑީލް ކުރުމުގައި މުހައްމަދު "ހަރުކަށި" ކަމަށް ވާހަކަތައް އަޑު އިވިފައި އެބަހުއްޓެވެ. އެ ކަމުގެ ތެރެއަށް މެނޭޖްމަންޓާއި ކުޅުންތެރިޔާ އާއި ކޯޗު ފިިތި ތާށިވާ ވަގުތު މެނޭޖުމެންޓްގެ "ހަރުދަނާ" ކަން ނުފެންނަ މައްސަލަ އޭނާ ފާހަގަކުރި އެވެ. ޔުނައިޓެޑް ވިކްޓަރީގެ ކޯޗުކަމުން އޭނާ އިސްތިއުފާ ދިނީ އެކަހަލަ މައްސަލަތަކަށް އިޝާރާތް ކުރުމަށް ފަހު އެވެ. ރާއްޖޭގައި ނިޒާމެއްގެ ތެރެއިން ހިނގާ ގިނަ ކްލަބުތަކެއް ނެތެވެ. ޔޫރަޕުގެ ފުޓްބޯޅަ އާއި ލީގުތަކުގައި ދިވެހިން ޖެހުނަސް ރާއްޖޭގެ ކްލަބް ސިސްޓަމް އަދިވެސް އޮތީ އެންމެ ކުރިން ވެސް އޮތް ހާލަތުގަ އެވެ. ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ހާލަތު ގޯސް ވީ އެވެ.

މުހައްމަދު ބުނިގޮތުގައި ރާއްޖޭގެ ކްލަބުތަކުގައި ބަދަލު ވަނީ ހަމައެކަނި ކޯޗުންނެވެ. ކްލަބު ހިންގާގޮތާއި މެނޭޖްމެންޓް ސިސްޓަމަކަށް ބަދަލެއް ނާދެ އެވެ.

"ރާއްޖޭގައި ތަމްރީން ކުރަން ޖެހޭނީ ހަމައެކަނި ކޯޗުންނެއް ނޫން މެނޭޖުމެންޓް ދާއިރާ ވެސް އެބަޖެހޭ ބިލްޑް ކުރަން،" މުހައްމަދު ފާހަގަކުރި އެވެ.

"ރާއްޖޭގައި އެންމެ ރަނގަޅަށް މި ހިންގަނީ މާޒިޔާ. އެ ނޫނިއްޔާ ޓީމެއް ޓީމެއްގެ ގޮތުގައި ނުހިންގާ. ދެން އަލަށް މި އައިސްގެން އުޅޭ ސަސް [ސުޕަ ޔުނައިޓެޑް ސްޕޯޓްސް] އެ މީހުން ކޮންމެވެސް ވަރަކަށް މެނޭޖް ކުރެވޭތޯ އެބައުޅޭ. އެ ދެ ކްލަބު ކުރާ ވަރަކަށް އެހެން ކްލަބަކަށް ނުވެސް ކުރެވޭ."

ރާއްޖޭގައި ބައެއް ސީނިއާ ކުޅުންތެރިންގެ ވިސްނުން ހުރި ގޮތުން އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ނުރަނގަޅު މިސާލަކަށް އެކަން ވެގެންދެ އެވެ. ނުބައިކޮށް ޕާސް ދޭ ވާހަކަ ކުޅުންތެރިޔެއްގެ ގާތުގައި ބުނި ނަމަވެސް ސީނިއާ ޓީމަށް ކުޅެވެން ފެށުމުން އެކަން ބަލައި ނުގަތުމުގެ ވިސްނުމެއް ރާއްޖޭގެ ބައެއް ކުޅުންތެރިންގެ ކިބައި ހުރިކަން އޭނާ ފާހަގަކުރި އެވެ.

"ސީނިއާ ލެވަލްގައި ރާއްޖޭގައިި މިހާރު އޮތް ޓްރެންޑަކީ ފަސްޓް ޑިވިޝަނަށް އަރާފައި ވަރިހަމަ ރަނގަޅަށް ޕާސް ދޭން ނޭނގުނަސް އެ ކުޅުންތެރިންނަށް ގަބޫލު ކުރެވެނީ އެ މީހުންނަށް އެތިބީ ވަރަށް މޮޅު ވެވިފައޭ،" އޭނާ ބުންޏެވެ.

"އެހެން ނަމަވެސް ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ހޯދުމުުގެ ކުރިން ވަރަށް ރަނގަޅު ވިސްނުންތަކެއް ހުރި. މިހާރުގެ ކުޅުންތެރިން ނުބަލާ އޭރު ސާފް ޗެމްއަންޝިޕް ހޯދި ޓީމުގައި ހިމެނުނު އަޝްފާގް [ދަގަނޑޭ]، [އިބްރާހިމް ފަޒީލް] އޮއްޕޮ، އިމްރާން، އަލީ އުމަރު އެހާ ހިސާބަށް ދާން ކުރި މަސައްކަތެއް. މިހާރުގެ ކުޅުންތެރިންނަށް އެކަން ނޯޓިސް ކޮށްދޭން ޖެހޭ އޭރު މި ބުނި ކުޅުންތެރިން މަސައްކަތް ކުރި ގޮތް."

ކުޅުންތެރިންގެ މެދުގައި މިހާރު އޮތް ވިސްނުމާއި ޓްރެންޑް އަރަމުން އަންނަ އުމުރުފުރާތަކުގެ ޓީމުތަކަށް ވާރުތަވިޔަ ނުދިނުމަށްޓަކައި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް މުހައްމަދު ފާހަގަ ކުރި އެވެ. އޭނާ ބުނިގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު މިއޮތް ކްލަބު ހިންގުމުގެ ސިސްޓަމާއި ކުޅުންތެރިންގެ ވިސްނުން ބަދަލުކޮށްގެން ނޫނީ ދިވެހި ފުޓްބޯޅަ އަށް ސަރަހައްދީ ލެވަލްގައި ވެސް ވާދަކުރަން އުނދަގޫ ވެގެންދާނެ އެވެ.

އަލުން އެފްއޭއެމްގައި މަސައްކަތް ކުރަން ތައްޔަރުވާ މުހައްމަދަށް އޮތީ އެހެން މަސައްކަތެކެވެ. ރާއްޖޭގެ ޕްރިމިއާ ލީގު އަތޮޅުތެރެ އަށް ފުޅާކޮށް ހޯމް އެންޑް އަވޭ އުސޫލަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްގައި އެންމެ މުހިންމު ދައުރެއް އެފްއޭއެމުން މިހާރު ހަވާލުކޮށްފައި އެ ވަނީ މުހައްމަދަށެވެ. މިހާތަނަށް ރާއްޖޭގައި ބޭއްވި ހޯމް އެންޑް އަވޭގެ އެންމެ ބޮޑު މުބާރާތް، މިނިވަން 50 ޗެމްޕިއަންޝިޕް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އޭނާ އެވެ. އަލުން އެފަދަ ދެ ވަނަ މަސައްކަތަކަށް އޭނާ ދާއިރު އެ ޕެޝަން އާއި ޑްރައިވް އޭނާގެ ކިބައިގައި އެބަހުއްޓެވެ.