04 ޖުލައި 2021 - 20:36

މިރޭ ދަންވަރު މާފަންނުގެ ބައެއް ހިސާބުތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ފެނުގެ ހިދުމަތް މެދުކެނޑޭނީ މިރޭ 23:00އިން ފަތިހު 4:00އަށް ކަމަށެވެ. އެގޮތުން ހިދުމަތް މެދުކެނޑޭނީ އިއްޒުއްދީން މަގާއި ހަނދުވަރީ ހިނގުމާ ދެމެދުން ފުލޫނިޔާ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުންނެވެ.
އެ ސަރަހައްދުން ފެނުގެ ހިދުމަތް މެދުކަނޑާލަނީ އެ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަޅާފައިވާ ފެންހޮޅި ގުޅުވާލުމަށެވެ. މިއީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކުރިއަށްގެންދާ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން ކުރާ މަސައްކަތެކެވެ.
ފެނުގެ ހިދުމަތް މުދުކެނޑޭ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފަ އެވެ.