މެޗު އަލުން ކުޅެން ގޮވާލައި ފްރާންސްގެ ސަޕޯޓަރުން ޕެޓިޝަން ހުށަހަޅައިފި
މެޗު އަލުން ކުޅެން ގޮވާލައި ފްރާންސްގެ ސަޕޯޓަރުން ޕެޓިޝަން ހުށަހަޅައިފި

ޕެރިސް (ޖުލައި 7) - ދެ ވަނަ ބުރުގައި ފްރާންސާއި ސްވިޒަލެންޑް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގައި މައްސަލަ ހުރި ކަމަށް ބުނެ އެ މެޗު އަލުން ކުޅެން ދެ ލައްކައަށް ވުރެ ގިނަ ފްރާންސްގެ ސަޕޯޓަރުން ސޮއިކޮށް ޕެޓީޝަނެއް ޔޫއެފާ އަށް ހުށަހަޅައިފި އެވެ.

ސްވިޒަލެންޑް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެގެން ފްރާންސް މުބާރާތުން ކެޓީ ދެ ވަނަ ބުރުންނެވެ. އެ މެޗު އަލުން ކުޅެން ޕެޓިޝަންގައި ސޮއިކުރި 240،000 މީހުންގެ ޝަކުވާއަކަށްވީ، ޕެނަލްޓީ ޝޫޓްއައުޓްގައި ފްރާންސްގެ ކިލިޔަން އެމްބާޕޭ ޕެނަލްޓީ ޖެހިިރު ސްވިޒަލެންޑްގެ ޔޭން ސޮމާ ކުރިއަށް ނުކުމެ ހުރުމެވެ.

އިދިކޮޅު ކުޅުންތެރިޔާ ޕެނަލްޓީ ޖާހައިރު ކީޕަރުގެ އެއް ފައި ގޯލް ލައިން މަތީގައި ހުންނަން ޖެހޭނެ އެވެ. ނަމަވެސް ޕެޓީޝަން ހުށަހެޅި ފްރާންސްގެ ސަޕޯޓަރުން ބުނަނީ، ޔޭން ސޮމާ އެ ގަވާއިދަށް އަމަލު ކޮށްފައި ނުވާ ކަމަށެވެ.

އެމްބާޕޭ ޖެހި އެ ޕެނަލްޓީ ސޮމާ ދިފާއުކޮށް ފްރާންސް ކަޓުވާލުމަށް ފަހު ސްވިޒަލެންޑް ދެވަނަ ބުރަށް ދަތުރު ކުރި އެވެ.

މެޗު ނިމުމަށް ފަހު އަލުން ކުޅޭނެ ގަވާއިދެއް ޔޫއެފާގައި ނޯވެ އެވެ. ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން އަތުން ބަލިވެ، ސްވިޒަލެންޑް ވެސް ވަނީ މިހާރު މުބާރާތުން ކަޓައިފަ އެވެ.