އެފްއެޗް ފައުންޑޭޝަންގެ ގުރުއާން މުބާރާތުން އެއްވަނަ އާއިޝް އާއި ނަބުހާނަށް
އެފްއެޗް ފައުންޑޭޝަންގެ ގުރުއާން މުބާރާތުން އެއްވަނަ އާއިޝް އާއި ނަބުހާނަށް

އެފްއެޗް ފައުންޑޭޝަނުން ޅ. ނައިފަރުގައި ބޭއްވި ގުރުއާން މުބާރާތުން އެއްވަނަ އެ ރަށު ދަންމަރުގޭ މުހައްމަދު ނަބުހާނާއި ފެމެލީގޭ އާއިޝް އަބްދުﷲ އިބްރާހިމް ހޯދައިފި އެވެ.

އެފްއެޗް ފައުންޑޭޝަންގެ ގުރުއާން މުބާރާތުން އެއްވަނަ އާއިޝް އާއި ނަބުހާނަށް
އެފްއެޗް ފައުންޑޭޝަންގެ ގުރުއާން މުބާރާތުން އެއްވަނަ އާއިޝް އާއި ނަބުހާނަށް

ނަބުހާން މި މުބާރާތުން އެއް ވަނަ ހޯދީ ބަލައިގެން ކިޔެވުމުގެ ބައިންނެވެ. އޭނާ އަށް 6،500 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ. އާއިޝް އެއް ވަނަ ހޯދީ ހިތުން ކިޔެވުމުގެ ބައިންނެވެ. އޭނާ އަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.

އެފްއެޗް ފައުންޑޭޝަންގެ ގުރުއާން މުބާރާތުން އެއްވަނަ އާއިޝް އާއި ނަބުހާނަށް
އެފްއެޗް ފައުންޑޭޝަންގެ ގުރުއާން މުބާރާތުން އެއްވަނަ އާއިޝް އާއި ނަބުހާނަށް

މި މުބާރާތުން ވަަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ހާއްސަ ހަފުލާއެއް އެ ރަށުގައި ބާއްވާފައި ވެ އެވެ. އެއްވަނަ އަދި ދެވަނައިގެ އިތުރުން، އެހެން ވަނަތަކަށް ހޮވުނު ކުދިންނަށް ވެސް ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައިވެ އެވެ.

އެފްއެޗް ފައުންޑޭޝަންގެ ގުރުއާން މުބާރާތުން އެއްވަނަ އާއިޝް އާއި ނަބުހާނަށް
އެފްއެޗް ފައުންޑޭޝަންގެ ގުރުއާން މުބާރާތުން އެއްވަނަ އާއިޝް އާއި ނަބުހާނަށް

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 158 ދަރިވަރުން ބައިވެރިވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިސްކޮށް އުޅުއްވާ މި ފައުންޑޭޝަނުން ގުރުއާން މުބާރާތް ބާއްވާތީ މިއީ ތިން ވަނަ އަހަރެވެ.

އެފްއެޗް ފައުންޑޭޝަނުން އަންނަނީ ނައިފަރަށް ގިނަ ކަންތައްތަކެއް ކޮށްދެމުންނެވެ. އެގޮތުން މިދިޔަ މަހު އެ ރަށުގެ ސްކޫލުގެ 19 ކްލާސްރޫމެއް ސްމާޓްކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީ، އެ މަސައްކަތް ކޮށްދީފައިވެ އެވެ.