މައިލޯ ޕެކެޓަށް ކަރުދާސް ހޮޅި
މައިލޯ ޕެކެޓަށް ކަރުދާސް ހޮޅި

ކަރުދާސް ހޮޅިއާ އެކު ލިބެން ހުންނަ މައިލޯ ޕެކެޓު ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

މިއީ ރާއްޖޭގައި ވިއްކާ "ރެޑީ ޓު ޑްރިންކް" ބުއިންތަކުގައި ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ކަރުދާސް ހޮޅި ބޭނުން ކުރި ފުރަތަމަ ކުންފުންޏެވެ. މިފަދަ ބަދަލެއް ގެނައީ ތިމާވެއްޓާއި ރައްޓެހި ބަދަލުތަކެއް މައިލޯގެ އުފެއްދުމަށް ގެނައުން ކަމަށް މައިލޯއިން ބުނެފައިވެ އެވެ.

ދުނިޔޭގެ މަޝްހޫރު ނެސްލޭ އިން އުފައްދާ މައިލޯ ބްރޭންޑްގެ އުފެއްދުންތަކަކީ ރާއްޖޭގައި ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ އުފެއްދުމެކެވެ. މި އުފެއްދުމުގެ ރެޑީ ޓު ޑްރިންް އާއި ޕައުންޑާ ވެސް ވިއްކަން ހުރެ އެވެ.

މައިލޯ ބްރޭންޑުން ރާއްޖޭގެ ގިނަ ކުޅިވަރު ހަރަކާތްތަކެއް ހިންގުމުގައި އަންނަނީ ބޮޑު އެހީތެރިކަމެއް ވަމުންނެވެ.