ކުރީގެ ބޮޑުވަޒީރެއްގެ ދަރިކަނބަލުން ޖަމީލާ އަވަހާރަވެއްޖެ
ކުރީގެ ބޮޑުވަޒީރެއްގެ ދަރިކަނބަލުން ޖަމީލާ އަވަހާރަވެއްޖެ

ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު ފާމުދޭރި އިބްރާހިމް ކިލޭގެފާނުގެ ދަރިކަނބަލުން ހ. އެއްގަމުގޭ، ޖަމީލާ އިބްރާހިމް ދީދީ، ކޮވިޑް-19 ގައި ރޭ އަވަހާރަވެއްޖެ އެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ރޭ 10:35 ހާއިރު ޖަމީލާ އަވަހާރަވީ އުމުރުފުޅުން 90 އަހަރުގަ އެވެ. އެއީ ކޮވިޑުގެ 211 ވަނަ މަރުގެ ގޮތުގައި އެޗްޕީއޭ އިން ވަނީ ކަނޑައަޅައިފަ އެވެ.

އެކަމަނާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން 1972-1982 އަށް ކުރެއްވި އަހުމަދު ޝާތިރުގެ ހުވަފަތް އަނބިކަނބަލުން ވެސް މެ އެވެ.

ފާމުދޭރި އިބްރާހިމް ކިލޭގެފާނު ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވީ 1954-1957 އަށެވެ. އޭގެ އިތުރުން އެ މަނިކުފާނު ވަނީ ރަސްކަން ބަލަހައްޓަވާ މަޖިލީހުގެ ރައީސްކަން ވެސް 1950 ވަނަ އަހަރު ކުރައްވައިފަ އެވެ.