މިއަންމާގެ މުސްލިމުންނަށް ދޭ އަނިޔާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އ. އިން ގޮވާލައިފި
މިއަންމާގެ މުސްލިމުންނަށް ދޭ އަނިޔާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އ. އިން ގޮވާލައިފި

ޔަންގޫން (ނޮވެމްބަރު 23) - މިއަންމާގެ ރަކިނީ ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އދ. އިން ގޮވާލައިފި އެވެ.

މިއަންމާގެ މުސްލިމުންނަށް ދޭ އަނިޔާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އ. އިން ގޮވާލައިފި
މިއަންމާގެ މުސްލިމުންނަށް ދޭ އަނިޔާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އ. އިން ގޮވާލައިފި

އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނާގެ އޮފީހުން ވަނީ ރަކިނީގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހުއްޓުވުމަށް މިއަންމާގެ ސަރުކާރަށް ގޮވާލައިފަ އެވެ.

މިއަންމާގެ މުސްލިމުންނަށް ދޭ އަނިޔާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އ. އިން ގޮވާލައިފި
މިއަންމާގެ މުސްލިމުންނަށް ދޭ އަނިޔާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން އ. އިން ގޮވާލައިފި

ރަކިނީ ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން އަނިޔާވެރި އަމަލުތައް ހިންގަމުން ދަނިކޮށް މިއަންމާ ސިފައިން ވަނީ މިދިޔަ މަހު 9 ވަނަ ދުވަހުން ފެށިގެން ރަކިނީ ސްޓޭޓުގެ މުސްލިމުންގެ ގެދޮރާއި މިސްކިތްތަކުގައި އަލިފާން ޖަހަން ފަށައިފަ އެވެ. މިއަންމާ ސިފައިންގެ އަނިޔާވެރިކަން ބޮޑުވުމުން އެތައް ބަޔަކު ވަނީ މިއަންމާ ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ބަންދު ކުރުމުން ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ހުޅުވާލުމަށް ގޮވާލައިފަ އެވެ.

މިއަންމާގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަޒަން ކުރުމަށް އދ. އިން ކަނޑައަޅާފައިވާ ޚާއްސަ ރެޕަޓުއާ ޔަންގީ ލީ ވިދާޅުވީ މުސްލިމުންނާ ދެކޮޅަށް ހެލިކޮޕްޓަރުން ހަމަލާ ދިން ކަމަށް މިއަންމާ ސަރުކާރުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި މުސްލިމުންނާ ދެކޮޅަށް ސިފައިން ހިންގާ ޖަރީމާތައް ތަހުގީގު ކުރުމަށް ލީ ވަނީ ގޮވާލައްވައިފަ އެވެ.