ލޮކްޑައުން އުވާލައި، ޖުލައި 1 އިން ފެށިގެން ބޮޑެތި ލުއިތަކެއް!
ލޮކްޑައުން އުވާލައި، ޖުލައި 1 އިން ފެށިގެން ބޮޑެތި ލުއިތަކެއް!

ރައީސް: މީޑިއާތަކުގައި ފާޅުކުރާ ހިޔާލުތަކާއި ލިޔާ އެއްޗިއްސަށް ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެން ހިތްވަރު ދޭ ކަމެއް ނޫން. އެކަމަކު ކުޑަކުދިންގެ މައްސަލަތަކުގައި އެބައޮވޭ ގާނޫނެއް. އެހެންވީމަ، އަޅުގަނޑުގެ އިލްތިމާސް އަކީ ކުޑަކުދިންގެ މައްސަލަތަކުގައި ލިޔާ ތަކެތީގައި މި މިންގަނޑުތައް ހިފަހައްޓައިދިނުން.

ލޮކްޑައުން އުވާލައި، ޖުލައި 1 އިން ފެށިގެން ބޮޑެތި ލުއިތަކެއް!
ލޮކްޑައުން އުވާލައި، ޖުލައި 1 އިން ފެށިގެން ބޮޑެތި ލުއިތަކެއް!

މިނިސްޓަރު ނަސީމް: ވަރަށް ގިނަ ގައުމުތަކުގައި ދެ ޑޯޒް ޖެހި މީހުންނަށް ލުއިތައް އެބަ ދޭ. އަޅުގަނޑުމެންނަށް ރާއްޖޭގައި ދެ ޑޯޒް ޖެހިފައި މި ތިބީ 38 ޕަސެންޓް ވަރު. އެކަން އަޅުގަނޑުމެންނަށް ހައްލު ކުރެވި ލުއިތަކެއް ލިބޭނީ މިއަށް ވުރެ ގިނައިން ދެ ޑޯޒް ޖެހިގެން.

ލޮކްޑައުން އުވާލައި، ޖުލައި 1 އިން ފެށިގެން ބޮޑެތި ލުއިތަކެއް!
ލޮކްޑައުން އުވާލައި، ޖުލައި 1 އިން ފެށިގެން ބޮޑެތި ލުއިތަކެއް!

ރައީސް: ދެ ވެކްސިން ޖެހި މީހުންނަށް ލުއި ދިނުމާ ބެހޭ ގޮތުން ރޭ ވެސް މަޝްވަރާ ކުރިން. މިއަދު އެކަން އިއުލާން ނުކުރެވުނީ ވަކި ގޮތެއް ނުނިމޭތީ.

ރައީސް: ދިވެހިން އެބަހުރި ރާއްޖޭން ބޭރުގައި ޖާނުން ފިދާވުމުގެ ހަމަލާތައް ދީފައި. އެފަދަ މީހުން ރާއްޖޭގައި ތިބޭނެ. އެހެންވީމަ ރާއްޖޭގައި އެފަދަ ހަމަލާއެއް ނުދެވޭނެ ގޮތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދަނާކޮށް، އިންޓެލިޖެންސް ވަރުގަދަކޮށް އެކަންކަން ކުރަމުން އެބަ ދަން.

ރައީސް: ހިޔާ ފްލެޓެއްގެ އަގު ކުރިން ހެދިގޮތުން 1.2 މިލިއަން ރުފިޔާ އަށް އެބަ ޖެހޭ. އެއީ 20 އަހަރުން ދައްކާ ގޮތަށް. އޭރުން 10،000ރ. އަށް ވުރެ ބޮޑު އަދަދެއް މަހަކު ދައްކަން ޖެހޭ. އެއީ ބޮޑު އަދަދެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިގެން އަލުން ހިސާބު ޖެހީ. މުއްދަތަށާއި ޕަސެންޓްތަކަށް ގެނައި ބަދަލާ އެކު މިހާރު މިއޮތީ ވަރަށް ބޮޑަށް ކުޑަކުރެވިފައި. މިހާރު ވެސް ސަރުކާރުން އެބަ އުފުލަން ޖެހޭ މީގެ ވަރަށް ބޮޑު ބުރައެއް. ލޯނު ދައްކާ ނިމޭއިރު 3.2 ބިލިއަން ރުފިޔާ އެބަ ދައްކަން ޖެހޭ ސަރުކާރުން.

ރައީސް: ޓެރަރިޒަމްގެ މައްސަލަތަކުގައި އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. މިކަމުގައި ކުރަން ޖެހޭ ކަމެއް އަޅުގަނޑު ކުރާނަން.

ރައީސް: ކޮންމެ ފަހަރަކު ވެސް އަންނަ ވާހަކައަކީ ގާނޫނު އިސްލާހު ކުރަން ޖެހޭ ކަންކަން ހުރި ވާހަކަ. ގިނަ ބަޔަކަށް ހީވެފައި މިއޮތީ އިސްލާހުތައް މި ހުށަހަޅަނީ ވަކި ބަޔަކު ހިފާ ހައްޔަރުކުރާށޭ. އެކަމަކު އެހެނެއް ނޫން. މިހާރު ވެސް އަނެއްކާ ވެސް އޮންނާނީ އިސްލާހުތަކެއް ހުށަހަޅާފައި. އެކަން ފާސްވުން އަޅުގަނޑުމެންގެ ބޭނުމަކީ.

ރައީސް: ހަރުކަށި ފިކުރާއި ގޭންގް ވައިލަންސް އަކީ އިއްޔެއަކު މިއަދުގެ ކަމެއް ނޫން. މިކަން ވަރަށް ރަނގަޅަށް ހާމަކުރިން މި ސަރުކާރުންް ވެސް. ޓެރަރިޒަމް ޖަމާއަތްތަކުގެ ގޮތުގައި އަޅުގަނޑުމެން ޖަމާއަތްތަކެއް ހާމަކުރިން. ކޮމިޝަނަރު އޮފް ޕޮލިސް ވެސް ވިދާޅުވެފައި އޮތީ ހާހަކަށް ވުރެ ގިނަ މީހުން އެބަ ތިއްބޭ މިކަހަލަ ކަންކަން ކުރެވިދާނެ މީހުން. އެހެންވެ، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ޓަކައި 10 އޮކްޓޫބަރު 2019 ގައި އިސްލާހު ގެންނަން އަޅުގަނޑުމެން ހުށަހެޅިން. އެކަމަކު އެއަށް ތަހުގީގު އިދާރާތަކުން ބޭނުންވާ ކަންކަން ނުވެއް ގެނެވުނު.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް: ބީއެމްއެލްގެ ފަރާތުން ދޫކުރި ކެފޭ/ ރެސްޓޯރަންޓްތަކަށް ސްޓިމިއުލަސް ޕެކޭޖްގެ ގޮތުގައި 10 މިލިއަން ރުފިޔާ ވަނީ ލޯނު ދޫކޮށްފައި. އެއީ ފަސް ފަރާތަކަށް ދިން ލޯނު. މީގެ އިތުރުން އެސްޑީއެފްއެސީން ވަނީ 156 ކެފޭ/ ރެސްޓޯރަންޓަށް 33 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި. މީގެ ތެރެއިން 90 ފަރާތަކީ މާލޭގެ ކެފޭތައް.

ދެކުނު އޭޝިޔާގެ ޓޫރިސްޓުންނަށް ވެސް ރާއްޖެ އައުމަށް އޮތް ހުރަސް ވެސް ސަރުކާރުން ވަނީ ޖުލައި 1 އިން ފެށިގެން ނައްތާލައިފައި.

ރައީސް ވިދާޅުވި ގޮތުގައި ކޮވިޑް ޖެހި ރަނގަޅުވާ މީހުންނަށް 60 ދުވަސް ތެރޭގައި ކަރަންޓީނާ ނުލައި ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށް ވިދާޅުވި. މީގެ އިތުރުން ދެކުނު އޭޝިޔާގެ ގައުމުތަކުން ވެސް ވޯކް ވިސާ އޮތް މީހުންނަށް ޖުލައި 1 އިން ފެށިގެން ދަތުރުކުރެވޭނެ. އެކަމަކު އެ މީހުން ރާއްޖޭގައި ކަރަންޓީނު ވާން ޖެހޭނެ.

މިހާރު އޮތް ލޮކްޑައުން އުވާލައި ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ދެންމެ ނިންމައިފި އެވެ.

އެ ލުއިތަކުގެ ތެރޭގައި، ކާފިއު ނޫން ގަޑިތަކުގައި ފާސް ނެތި ބޭރަށް ނުކުމެވޭ ގޮތް ހެދުމާއި، ހުރިހާ ވިޔަފާރިތަކެއް ވެސް އެ ގަޑީގައި ހުޅުވޭ ގޮތަށް ހަމަޖެއްސުން ހިމެނެ އެވެ. މީގެ އިތުރުން ރެސްޓޯރަންޓްތަކުގައި ވެސް އެ ގަޑިތަކުގައި އާންމުކޮށް ހުޅުވާލުން ހިމެނެ އެވެ. ކާފިއު ގަޑި އަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. ޖުލައި 1 އިން ފެށިގެން ކާފިއު ގަޑި ވަނީ ރޭގަނޑު 8 އން ފަތިހު 4 އަށް ހަމަޖައްސައިފަ އެވެ.

މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މިހާރު ކުރިއަށް ދާ ނިއުސް ކޮންފަރެންސްގައި އެކަން އިއުލާން ކުރެއްވީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހެވެ،

(ތަފުސީލު އަންނަނީ)