ޔަމަނަށް ހަމަލާ ދޭ ސައުދީ ކޯލީޝަން އދ. އިން ބްލެކްލިސްޓްކޮށްފި
ޔަމަނަށް ހަމަލާ ދޭ ސައުދީ ކޯލީޝަން އދ. އިން ބްލެކްލިސްޓްކޮށްފި

ޔުނައިޓެޑް ނޭޝަންސް (ޖޫން 4) - ޔަމަނަށް ހަމަލާ ދިނުމަށް ސައުދީ އަރަބިއާ އިސްވެ އުފައްދާފައިވާ އަރަބި ކޯލީޝަން އދ. އިން ބްލެކްލިސްޓް ކޮށްފި އެވެ.

ޔަމަނަށް ހަމަލާ ދޭ ސައުދީ ކޯލީޝަން އދ. އިން ބްލެކްލިސްޓްކޮށްފި
ޔަމަނަށް ހަމަލާ ދޭ ސައުދީ ކޯލީޝަން އދ. އިން ބްލެކްލިސްޓްކޮށްފި

އދ. އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަރަބި 10 ގައުމު ހިމެނޭ ކޯލީޝަން ބްލެކްލިސްޓް ކުރަން ޖެހުނީ ހަމަލާތަކުގައި ޔަމަނުން މާގިނައިން ކުޑަކުދިން މަރުވަމުންދާތީ ކަމަށެވެ. ޔަމަނުގައި މިދިޔަ އަހަރު ކުޑަކުދިން މަރުވި ރޭޓާ މެދު އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތްތަކުގައި ކުޑަކުދިން ބައިވެރިކުރަމުންދާ ކަމަށް ވެސް އދ.ގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޔަމަން ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ހޫތީ ބާޣީން އެ ގައުމުގެ ވެރިރަށް ސަންއާ ހިފީ ސެޕްޓެމްބަރު 2014 ގަ އެވެ. ހޫތީ ޖަމާއަތް އދ. އިން ބްލެކްލިސްޓް ކޮށްފައިވާތާ ފަސް އަހަރުވެއްޖެ އެވެ.

ކުޑަ ކުދިންނާއި ހަނގުރާމައާ ބެހޭ އދ.ގެ ޚާއްސަ މަންދޫބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޔަމަނުގައި މިދިޔަ އަހަރު މަރުވި 785 ކުދިންގެ ތެރޭން 60 ޕަސެންޓް ކުދިން މަރުވެފައި ވަނީ ކޯލީޝަނުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ކަމަށެވެ. ހަމަލާތަކުގައި މިދިޔަ އަހަރު ވަނީ 1،168 ކުދިން ޒަޚަމްވެފަ އެވެ.

ޔަމަނުގައި ހަނގުރާމަ ފެށި ފަހުން މިވީ 15 މަސް ދުވަސްތެރޭ 6،400 މީހުން މަރުވެފައިވާ ކަމަށް އދ. އިން ބުނެފައިވެ އެވެ. ޔުނިސެފުން ބުނެފައި ވަނީ ކާބޯތަކެތި ނުލިބުމުން 320،000 ކުދިން މަރާ ހަނގުރާމަ ކުރަމުންދާ ކަމަށެވެ. އަދި ގައުމުގެ އާބާދީގެ 80 ޕަސެންޓް ވަނީ ބަނޑަށް ޖެހިފަ އެވެ.