29 ޖޫން 2021 - 15:58

ދެކުނުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި ބަންގްލަދޭޝް މީހާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރީ 34 އަހަރުގެ ބަންގަލްދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެމީހާގެ ބަންދާ މެދު ގޮތެއް ނިންމަން ފުރަތަމަ ހާޒިރުކުރުމުން 24 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ލިބުނެވެ.
އެ މުއްދަތު ހަމަވެގެން މިދިޔަ އާދިއްތަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި އެ ބިދޭސީ މީހާ ކުއްޖާ އަށް ޖިންސީ ގޯނާކޮށްފައި ވަނީ އެކުއްޖާ އުޅޭ ގެއަށް ގޮސްގެންނެވެ.