29 ޖޫން 2021 - 20:55

ކޮވިޑުގެ ބަލިމަޑުކަން 2019 އަހަރު މުޅި ދުނިޔެއަށް ފެތުރި، ކޮވިޑް ބައްޔަށް ޓެސްޓު ކުރުމުގެ ކަންކަން އޭރު ދުނިޔޭގެ އެކި ހިސާބުތަކުން ފެށި އެވެ. މި ބަލި ޖެހިފައިވާކަން ދެނެގަތުމަށް ތަފާތު ގޮތްތައް ބޭނުން ކުރަންފެށި އެވެ. ކޮވިޑްގެ ބައެއް ޓެސްޓުތައް ކުރަން މިއުކަސް ބޭނުން ކުރަމުން އަންނަ އިރު އަނެއްބައި ޓެސްޓުތައް ހަދަނީ ކުޅު ނުވަތަ ހަށިގަނޑުން ލޭ ނަގައިގެންނެވެ. ކޮވިޑްގެ ތަފާތު ޓެސްޓުތައް ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާރު ކޮށްލެވޭނެ އެވެ.
ކޮވިޑްގެ މައިގަނޑު ދެ ބާވަތެއްގެ ޓެސްޓު ހުރެ އެވެ. އެއީ ޑައިގްނޯސްޓިކް ޓެސްޓުތަކާއި އެންޓިބޮޑީ ޓެސްޓުތަކެވެ. ޑައިގްނޯސްޓިކް ޓެސްޓުތަކަކީ ކޮވިޑްބަލި ހަށިގަނޑުގައި ހުރިތޯ ބެލުމަށް ކުރާ ޓެސްޓެވެ. މި ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބެންދެން ކަރަންޓީނުވުން ނުވަތަ މީހުންނާ ދުރުން ވަކިން އުޅުން ވަރަށް މުހިއްމެވެ. މިގޮތަށް ކޮވިޑް ބަލި ހުރިތޯ ބެލުމަށް ޕީސީއާރް ޓެސްޓު ނުވަތަ އެންޓީޖެން ޓެސްޓް ހެދޭނެ އެވެ.
މި ޓެސްޓު ހެދުމަށް އާންމުގޮތެއްގައި ސާމްޕަލް ނަގާނީ ނޭފަތުންނާއި ކަރުންނެވެ. އަދި ބަލިހުރިކަން އަވަހަށް ބެލުމަށް އެންޓީޖެން ޓެސްޓް ވެސް ހެދޭނެ އެވެ. މި ޓެސްޓް ހަދަނީ ލޭގެ ސާމްޕަލްއެއް ނަގައިގެންނެވެ.
އާންމުކޮށް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ ލިބުމަށް 6 ގަޑި އިރާއި 12 ގަޑި އިރު ނަގަ އެވެ. އެންޓީޖެން ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްކަމަށް ދައްކައިފި ނަމަ ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެ އެވެ. ސަބަބަކީ ކޮވިޑް ބަލި ހުރިކަން އެންމެ ރަނގަޅަށް ޔަގީން ކުރެވޭނީ ޕީސީއާރު ޓެސްޓުން ކަމަށްވާތީ އެވެ.
ކޮވިޑް ބަލި ދެނެގަތުމަށް ހަދާ ޓެސްޓުގެ އިތުރަށް ހަށިގަނޑުގައި ކޮވިޑް ބަލީގެ އެންޓިބޮޑީ ހުރިކަން ދެނެގަތުމަށް ހަދާ އެންޓިބޮޑީ ޓެސްޓުގެ ނަތީޖާ ދެތިން ގަޑި އިރުގެ ތެރޭގައި ލިބޭނެ އެވެ. އެންޓި ބޮޑީ ޓެސްޓުން ކުރިން ކޮވިޑް ޖެހިފައި ހުރި ނަމަ އެކަން ދެނެގަނެވޭނެ އެވެ. މި ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ހަށިގަނޑުގައި ބަލީގައި އެންޓިބޮޑީ އުފައްދަ އެވެ. އެކަންކަން ދެނެގަތުމަށް މިއީ މުހިއްމު ޓެސްޓެކެވެ.
މިހުރިހާ ޓެސްޓެއް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާރު ހެދޭނެ އެވެ. އަދި މީގެން ކޮންމެ ޓެސްޓެއްގެ ނަތީޖާ 12 ގަޑި އިރު ތެރޭ ލިބޭނެ އެވެ. އެ ހޮސްޕިޓަލުން މިހާރު ވަނީ އާންމުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ގޭގެއަށް ގޮސް ކޮވިޑް ޓެސްޓް ހަދައިދިނުމުގެ ހިދުމަތް ވެސް ދޭން ފަށައިފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ހިދުމަތާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް 3351610 ނުވަތަ[email protected]މެއިލް ކޮށްގެން ކުރިއަށް ގެންދެވޭނެ އެވެ.