ބ.މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި
ބ.މާޅޮހުގެ ފެނާއި ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

ބ.މާޅޮހުގެ ފެނައި ނަރުދަމާގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިިފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތެވެ. ފެނާއި ނަރުދަމާގެ މަސައްކަތްކުރަން ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު މާޅޮހަށް ވަނީ ގެންގޮސްފައި ކަމަށެވެ.

މާޅޮހުގައި ގާތްގަނޑަކަށް ފަސް ކިލޯ މީޓަރުގެ ފެން ހޮޅީގެ ނެޓްވޯކެއް އަޅާނެ އެވެ. މީގެ އިތުރުން އާރްއޯ ފެސިލިޓީ ބިލްޑިންގާއި ފެން އުފެއްދުމަށްޓަކާއި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއުއަށް ސަރުކާރުން 60 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. މި މަޝްރޫއު އެއް އަހަރާއި ހަ މަސް ތެރޭ ނިންމަން ޖެހޭނެ އެވެ.

ސަރުކާރުން ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 1.2 ބިލިއަން ރުފިޔާ ހަރަދު ކުރަން ބަޖެޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން މިހާރު 289 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.