ސައުތުގޭޓް ހިތްހަލާކުކޮށްލީ ޖަރުމަނުގެ ގޯލްކީޕަރު ކޯޗް
ސައުތުގޭޓް ހިތްހަލާކުކޮށްލީ ޖަރުމަނުގެ ގޯލްކީޕަރު ކޯޗް

ލަންޑަން (ޖޫން 29) - އިންގްލެންޑްގައި 1996 ގެ ޔޫރޯގެ ސެމީ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅެ ޖަރުމަނަށް ކާމިޔާބުވީ، މެޗު އެއްވަރުވެ ޕެނަލްޓީ ޝޫޓްއައުޓްގައި ގެރެތު ސައުތުގޭޓް ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.

ސައުތުގޭޓް ހިތްހަލާކުކޮށްލީ ޖަރުމަނުގެ ގޯލްކީޕަރު ކޯޗް
ސައުތުގޭޓް ހިތްހަލާކުކޮށްލީ ޖަރުމަނުގެ ގޯލްކީޕަރު ކޯޗް

ޔޫރޯގެ ދެ ވަނަ ބުރުގައި އިންގްލެންޑް ގޮވައިގެން ޖަރުމަނާ ދެކޮޅަށް މިރޭ ނުކުންނައިރު އެ މެޗުގެ އޭނާއާ ގުޅޭ ހަނދާންތަކެއް އެބަހުއްޓެވެ؛ އެ ދުވަހު ޕެނަލްޓީ ނާކާމިބުވެ މެޗު އިންގްލެންޑަށް ގެއްލުނަސް، މިރޭ ކުޅޭ މެޗަކީ އޭގެ ބަދަލު ހިފަން ސައުތުގޭޓް ނުކުންނަ މެޗެއް ވެސް ނޫނެވެ.

ސައުތުގޭޓް ހިތްހަލާކުކޮށްލީ ޖަރުމަނުގެ ގޯލްކީޕަރު ކޯޗް
ސައުތުގޭޓް ހިތްހަލާކުކޮށްލީ ޖަރުމަނުގެ ގޯލްކީޕަރު ކޯޗް

"މި މެޗުން މޮޅުވިޔަސް އެއީ އަހަންނަށް ލިބޭ މޮޅެއް ނޫން،" ސައުތުގޭޓް ބުންޏެވެ. "މޮޅު ވެއްޖެނަމަ އެކަން އޮންނާނީ ކުޅުންތެރިންނަށް. އެކަމަށް ފޯކަސް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެ ފުރުސަތު އޮތީ ކުޅުންތެރިންނަށް."

އަމިއްލަ ގައުމުގައި މެޖޯރިޓީ ސަޕޯޓަރުންގެ ކުރިމަތީ ސައުތުގޭޓަށް އެ ދުވަހު ލިބުނު ނާކާމިޔާބުން ގިނަ ފިލާވަޅުތަކެއް އޭނާ އަށް ދަސްވި އެވެ.

"އަހަންނަށްވީ ގޮތުން އަހަރެންގެ ދިރިއުޅުމުގައި އެކި ކަންތައްތަކުގައި އެކަމުން ގިނަ ފިލާވާޅުތަކެއް ލިބިއްޖެ،" ސައުތު ގޭޓް ވާހަކަ ދެއްކި އެވެ. "ނަމަވެސް އެއީ މި ކުޅުންތެރިންނަށް މުހިންމު ކަމަކަށް ވާނެ ކަމެއް ނޫން."

ސައުތުގޭޓުގެ ނާކާމިޔާބު ޕެނަލްޓީގައި އޭނާގެ ހިތްހަލާކުކޮށްލައި ޖަރުމަންގެ ބަތަލަކަށް އެ ދުވަހުވީ އެ ޕެނަލްޓީ ދިފާއު ކުރި އަންޑްރެއަސް ކޮޕްކީ އެވެ. ޖަރުމަންގެ މިހާރުގެ ގޯލްކީޕަރު ކޯޗެވެ. ޕްރީ މެޗު ޕްރެސްގައި މައިގަނޑު ވާހަކައަކަށް އޮތީ ސައުތުގޭޓްގެ ޖެހި ޕެނަލްޓީ ޖަރުމަނާ ދެކޮޅަށް ނާކާމިޔާބުވި ވާހަކަ އެވެ.

"އަހަންނަށް އެނގޭ ކީއްވެގެންކަން ތި ސުވާލު އަހަންނާ ތިކުރަނީ ... ފާއިތުވެފައި އޮތް މެޗެއްގައި ވީ ކަމަކުން މިހާރު އަހަންނަކަށް ކުރެވޭނެ ކަމެއް ނޯންނާނެ. މިހާރު އަހަންނަށް މިއޮތް ފުރުސަތުގައި މިއޮތީ އެހެން ކަމެއް ކުރުން. އަހަންނާ އެކު އޭރު ކުޅުނު ކުޅުންތެރިން އެ މެޗުގެ މަތިން ހަނދާން ކުރާނީ."

އިންގްލެންޑާ ޖަރުމަން މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 9 ޖަހާއިރު އެވެ.