29 ޖޫން 2021 - 12:11

ބްރެސަލްސް (ޖޫން 29) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ލަންޑަންގައި ކުޅުމާ މެދު ޔޫއެފާ އިން އަލުން ވިސްނަން އީޔޫގެ އިސް އޮފިޝަލަކު ގޮވާލައިފި އެވެ.
ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ކުޅެން ޔޫއެފާ އިން ހަމަޖައްސާފައި ވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމް އެވެ.
ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް މާގަރިޓަސް ޝީނަސް ވިދާޅުވީ، އިނގިރޭސި ވިލާތުގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން، ޔޫރޯގެ ފައިނަލް ސްޓޭޖުގެ އެންމެ ފަހު ތިން މެޗު ލަންޑަންގައި ކުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
"ވެމްބްލީގައި ފައިނަލް އަދި ސެމީ ފައިނަލް ކުރިއަށް ގެންދެވިދާނެކަމާ މެދު އުފެދިފައި އޮތް ޝައްކު އަހަރެން ބޭނުން ހިއްސާ ކުރަން. ހާއްސަކޮށް ސްޓޭޑިއަމަށް ގިނަ މީހުން ވައްދައިގެން ކުރަން އުޅޭ ކަމަކާ މެދު އަހަންނަށް ސުވާލު އުފެދޭ. އަދި އިނގިރޭސި ވިލާތުން ވެސް އެ ގައުމުގެ ރައްޔިތުން އީޔޫގެ އެހެން ގައުމުތަކަށް ދަތުރު ކުރުން ކޮންޓްރޯލް ކޮށްފައި އޮތް ވަގުތެއްގައި،" އޭނާ އަމިއްލަ ހައިސިއްޔަތުން ދެއްކެވި ވާހަކައެއް ކަމަށް ފާހަގަކޮށް ޝީނަސް ވިދާޅުވި އެވެ.
"އަހަންނަށް ހީވަނީ ޔޫއެފާ އިން ޖެހޭނެހެން މިހާރު ނިންމާފައި އޮތް ނިންމުމާދު އިތުރަށް ދިރާސާކުރަން. އެ ނިންމުން ވާން ޖެހޭނީ ފުރިހަމަ މައުލާުމާތާއި ހަގީގަތުގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމަކަށް."
އިނގިރޭސި ވިލާތުގައި ކޮވިޑުގެ ހާލލަތު އޮތް ގޮތުން، ލަންޑަންގައި ސެމީ ފައިނަލް އާއި ފައިނަލް މެޗު ކުޅެވޭނެކަމާ މެދު ސުވާލު އުފައްދައި އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރާގީ ވަނީ ރޯމްގައި ފައިނަލް ކުޅެން ހުށަހަޅުއްވައިފަ އެވެ.