އިތުރު ވަގުތު ކުޅެގެން ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން ކުއާޓާ ފައިނަލަށް
އިތުރު ވަގުތު ކުޅެގެން ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން ކުއާޓާ ފައިނަލަށް

ކޯޕެންހޭގަން (ޖޫން 28) - މެޗުގެ ފުރިހަމަ ވަގުތުގައި 3-3 އިން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގައި ކްރޮއޭޝިއާގެ މައްޗަށް 5-3 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ސްޕެއިން ކުއާޓާ ފައިނަލަށް މިރޭ ދަތުރު ކޮށްފި އެވެ.

އިތުރު ވަގުތު ކުޅެގެން ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން ކުއާޓާ ފައިނަލަށް
އިތުރު ވަގުތު ކުޅެގެން ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން ކުއާޓާ ފައިނަލަށް

ކުއާޓާ ފައިނަލުގައި ސްޕެއިން ވާދަކުރާނީ ފްރާންސް ނުވަތަ ސްވިޒަލެންޑްގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ.

އިތުރު ވަގުތު ކުޅެގެން ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން ކުއާޓާ ފައިނަލަށް
އިތުރު ވަގުތު ކުޅެގެން ކްރޮއޭޝިއާ ބަލިކޮށް ސްޕެއިން ކުއާޓާ ފައިނަލަށް

ގުރޫޕް ސްޓޭޖުގައި، ސްޕެއިނަށް އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ ޓީމުގެ އެޓޭކިން ތާޑުގަ އެވެ. މިރޭގެ މެޗުގައި ކޯޗް ލުއިސް އެންރީކޭ ވަނީ އެ މައްސަލަ އަށް ހައްލު ހޯދައިފަ އެވެ.

ސްޕެއިންގެ ގޯލަށް އަމާޒުކޮށް ކްރޮއޭޝިއާ އިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދުނީ މެޗުގެ ފަހު 25 ވަނަ މިނިޓްގަ އެވެ. ނަމަވެސް ކްރޮއޭޝިއާ އިން ވަނީ މެޗުގެ 20 ވަނަ މިނިޓްގައި ލީޑު ނަގައިފަ އެވެ. ރެކޯޑް އަދަދަކަށް ބައިކޮޅަށް ގޯލު ވަދެފައިވާ މި ފަހަރުގެ ޔޫރޯގައި ނުވަ ވަނަ ބައި ގޯލަކީ މުބާރާތުގެ އެންމެ ހައިރާން ކުރުވަނިވި ބައި ގޯލެވެ. ސްޕެއިންގެ މިޑްފީްލޑަރު ޕެޑްރީ އޭނާގެ ޓީމުގެ ގޯލްކީޕަރު އުނައި ސިމޯން އަށް ދިން ބޯޅަ، ސިމޯން އަށް ރަނގަޅަށް ދިފާއު ނުކުރެވުމުން ބޯޅަ ވަނީ އޭނާގެ އަމިއްލަ ގޯލްގެ ތެރެއަށެވެ.

މެޗުގައި ސްޕެއިނަށް ނަތީޖާ ހަމަހަމަކޮށް ދިނީ ޕަބެލޯ ސަރާބިއާ އެވެ. މެޗުގެ 38 ވަނަ މިނެޓްގައި ސްޕެއިން އިން އުފެއްދި ހަމަލާ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ސަރާބިއާ ވަނީ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

ދެ ވަނަ ހާފުގައި، ސްޕެއިނަށް ލީޑު ނަގައިދިނީ ޑިފެންޑަރު ސެޒާ އަޒްޕްލިކުއޭޓާ އެވެ. ފެރާން ޓޯރޭޒް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ އަޒްޕްލިކްއޭޓާ ބޮލުން ގޯލްގެ ތެރެއަށް ވައްދައިލި އެވެ. ސްޕެއިނަށް ލީޑު ފުޅާކޮށްދިނީ ފެރާން ޓޯރޭޒް އެވެ. ސްޕެއިންގެ އަމިއްލަ ހާފުގެ ތެރެއިން ލިބުނު ހިލޭ ޖެހުން، ޕައު ޓޯރޭޒް، ފަޅި ބަދަލުކޮށްފައި ފެރާން ޓޯރޭޒަށް ނަގައިދިނެވެ. ޓޯރޭޒް ވަނީ ހުސްކޮށް އަރައި ކްރޮއޭޝިއާގެ ޑިފެންޑަރު ޖޭސްކޯ ގަވާޑިއޯލް ކައިރިން ވެސް ނައްޓާލައި ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.

މެޗުގެ ފަހު ފަސް މިނެޓާ ހަމައަށް ދިޔައިރުވެސް ސްޕެއިން އޮތީ ދެ ލަނޑުގެ ލީޑެއްގަ އެވެ. މެޗުގެ 85 ވަނަ މިނެޓްގައި ކްރޮއޭޝިއާ އިން އުފެއްދި ހަމަލާގައި ގޯލް ކުރަމަތީގައި ހުރި ކެޕްޓަން ލުކަ މޮޑްރިޗް ފޮނުވާލި ބޯޅަ ސްޕެއިންގެ ކުޅުންތެރިންގެ ގައިގައި ޖެހި ރީބައުންސް ވުމުން ދެ ވަނަ ފަހަރަށް މިސްލާވް އޯޝިޗް ފޮނުވާލި ބޯޅަ ސްޕެއިންގެ ކުޅުންތެރިން ކޮންޓްރޯލް ކުރީ ގޯލް ލައިންގެ އެތެރެއިންނެވެ.

ކްރޮއެޝިއާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މާރިއާ ޕަޝާލިޗް އެވެ. ވިންގުން އޭނާ ފޮނުވައިލި ބޯޅަ ގޯލް ތެރެއަށް އޮއްސިގެން ދިޔަ އިރު ކީޕަރު އުނައި ސިމޯން އަށް ކުރެވުނު ކަމެއް ނެތެވެ. މެޗުގެ ފުރިހަމަ ވަގުތު 3-3 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 15 މިނިޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ސްޕެއިން ދެ ލަނޑު ކާމިޔާބު ކުރި އެވެ.

ސްޕެއިންގެ ހަތަރު ވަނަ ލަނޑު ޖެހީ އަލްވާރޯ މޮރާޓާ އެވެ. ކުރިން ކުޅުނު މެޗުގައި ލިބުނު ޕެންލްޓީ ނާކާމިޔާބު ވުމުން އަމިއްލަ ސަޕޯޓަރުންގެ ޖެއްސުން ކުރުމާއި ފުރައްސާރަ އަމާޒުވި މޮރާޓާގެ ލަނޑާ އެކު ސްޕެއިންގެ ސަޕޯޓަރުންގެ ފޯރި އިތުރު ވެގެން ދިޔަ އެވެ. ޑެނިއެލް އޮލްމޯ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު މޮރާޓާ ބޯޅަ އަމާޒުކުރީ ގޯލުގެ މަތީ ދާގަނޑަށެވެ.

ސްޕެއިންގެ ފަސް ވަނަ ލަނޑު ޖެހުމުގައި އެހީއަކަށްވީ ރަނގަޅު ވަގުތުގައި އޮލްމޯ ދިން ބޯޅަ އެވެ. އޭރިއާގެ ތެރެއަށް ނަގައިދިނުމުގެ ބަދަލުގައި އޭރިއާގެ ބޭރަށް އޭނާ ނަގައިދިނުމުން އޮފްސައިޑް މަޅީގައި ނުޖެހި އެ ބޯޅަ މިކެލް އަޔޯޒަބެލް އަށް ހޯދަން ފަސޭހަވި އެވެ. އޮޔާޒަބެލް ވަނީ ބޯޅަ ލިބިގަނެ އޭރިއާގެ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.