28 ޖޫން 2021 - 13:31

"ހޫމޭ ސެމްބޯޑް" އިން އުފައްދާ "ޕްރީމާ" ރޭންޖުގެ ތަފާތު އުފެއްދުންތަކަކީ މިހާރު ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ވެސް ފާހަގަ ކޮށްލެވޭ އުފެއްދުންތަކެވެ. މި ބްރޭންޑުގެ ފައިބާ ސިމެންތި ބޯޑާއި ކްލެޑިން ފަދަ ތަކެއްޗަކީ އިމާރާތް ކުރުމުގައި ބޭނުން ކުރާ ކޮލިޓީ ރަނގަޅު މޮޅު އުފެއްދުންތަކެކެވެ. މިހާރު ރާއްޖޭން ވެސް ޕްރިމާ ރޭންޖުގެ ހުރިހާ އުފެއްދުންތަކެއް ލިބެން ހުންނާނެ އެވެ.

ހޫމޭ ސެމްބޯޑް އިންޑަސްޓްރީސްގެ އުފެއްދުންތަކަކީ ދުނިޔޭގެ 40އަށްވުރެ ގިނަ ގައުމުގައި ބޭނުން ކުރާ އުފެއްދުންތަކެކެވެ. މީގެ ތެރޭގައި އޮސްޓްރޭލިއާ އާއި ނިއުޒިލެންޑާއި މެދު އިރުމަތީގެ ގައުމުތަކާއި ޓައިވާނާއި އިންޑިއާ އާއި ދެކުނު އެފްރިކާގެ ގައުމުތަކުގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތައް ހިމެނެ އެވެ.
ޕްރީމާ ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭގައި ބޭނުން ކުރާތާ މިހާރު 20 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ އެވެ. އެހެންކަމުން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ ބައެއްގެ އިތުބާރު މި ބްރޭންޑަށް ވަނީ ލިބިފަ އެވެ.

ތިމާވެއްތާ ރައްޓެހި މި އުފެއްދުމަކީ އިމާރާތުގެ އެތެރޭގައި ވެސް އަދި ބޭރުގައި ވެސް ޖަހާލެވޭ ފައިބާ ސިމެންތި ބޯޑެކެވެ. މި ބޯޑު ހަލާކުނުވެ ގިނަ ދުވަސްތަކެއް ވަންދެން ހުންނައިރު މި އުފެއްދުމަކީ އިމާރާތް ކުރުމުގެ ދާއިރާގެ މާހިރުންގެ ވެސް އިތުބާރު ލިބިފައިވާ އުފެއްދުމެކެވެ. މި ބޯޑުތައް އިމާރާތްތަކުގެ ފްލޯރިންގައި ވެސް ބޭނުން ކުރެވޭނެ އެވެ.

މީގެ އިތުރުން ސީލިންގާއި ސޮފިޓްލައިނިން އާއި ޑެކިން އާއި ރޫފް ސާކިން އަދި ފެން ޓޭންކް ހަރުކުރުމަށް ވެސް ޕްރީމާ ފެލްކްސް ބޭނުން ކުރެވޭނެ އެވެ. މި ސިމެންތި ބޯޑަކީ ކަތުރުފަންޏާއި މީދާ ފަދަ ތަކެތިން ރައްކާތެރިކޮށްދޭ މޮޅު އުފެއްދުމެކެވެ. މި ބޯޑު ގޭގައި ޖެހުމުން ބޭރުން އަންނަ އަޑުތައް މަޑުކޮށްލަދޭއިރު މިއީ އަލިފާން ނުހިފާ، އަގުހެޔޮ އުފެއްދުމެކެވެ.

ޕްރީމާ ޕްލޭންކަކީ ޕޯޓްލެންޑު ސިމެންތިއާއި ހިމުން ވެއްޔާއި ސެލިއުލޮސް ފައިބާ އާއި ފެން ބޭނުންކޮށްގެން އުފައްދާފައިވާ ސައިޑިން ބޯޑެކެވެ. މިއީ ވަރުގަދަ ނަމަވެސް ބޭނުން ގޮތަކަށް ބޭނުން ކުރެވޭނެ ބޯޑެކެވެ. ފަންސާސް އަހަރުގެ މުއްދަތަކަށް ބޭނުން ކުރެވޭނެ މި ބޯޑަކީ އޮމާން, އަދި ލަކުޑީގެ ސިފަ ދައްކުވައިދޭ ލަކުޑީ ގެ ބަދަލުގައި ބޭނުން ކުރަން އެންމެ ރަނގަޅު އުފެއްދުމެވެ.

މި ބޯޑު ބޭނުން ކޮށްގެން ސީލިން ފިލާ އެޅުމާއި ގޭޓާއި ފެންސުތައް ހެދުމާއި ޑެކު އެޅުން އަދި ކްލެޑިންފަދަ މަސައްކަތްތައް ކޮށްލެވޭނެ އެވެ. މިއީ ހުރިހާ މޫސުމަކާ ގުޅޭ، ކަތުރުފަނި އެޅުމާއި ފީވުން ފަދަ ކަންކަމުން ދުރުކޮށްދޭ އުފެއްދުމެކެވެ.
މިއީ އެންމެ ހައި ކޮލިޓީ ސެލިޔުލޮސް ފައިބާ އާއި ހިމުން ވެލި އަދި ޕޯޓްލެންޑް ސިމެންތި ބޭނުން ކޮށްގެން އުފައްދާފައިވާ ސިމެންތި ޝީޓުތަކެކެވެ. މި ޝީޓުތަކަކީ ބަލާލަން ރީތި, ބޭނުންކުރަން ފަސޭހަ ޝީޓުތަކަކެވެ. ފަހަކަށް އައިސް ޒަމާނީ ޑިޒައިންތަކަށް އިމާރާތް ކުރާ ބިލްޑިންތަކުގައި މި ޝީޓުތައް ބޭނުން ކުރެ އެވެ.
ބެލްކަންޏާއި ބަގީޗާ ފެންސާއި ޕޫލުތަކުގެ އިތުރުން ސްޕާތަކުގައި ބޭނުން ކުރެވޭ މި ޝީޓަކީ ޕާޓިޝަންތަކުގެ ގޮތުގައި ވެސް ބޭނުން ކުރެވޭ މޮޅު އުފެއްދުމެކެވެ. މި އުފެއްދުމަކީ އިމާރާތް ކުރުމުގައި ބޭނުން ކުރަން ފަސޭހަވެފައި ގިނަ ދުވަހު ބޭނުން ކުރެވޭ އުފެއްދުމެކެވެ. މި ޝީޓުތަކަކީ ހަރަދު ކުޑަވެފައި މެއިންޓެނެންސް ވެސް ކުޑަ ޝީޓުތަކެކެވެ.
ޕްރީމާ ރާޔާއަކީ ކަޓިން އެޖް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ސިމެންތި ފްލެޓް ޝީތުތަކެކެވެ. މިއީ ހޫމޭގެ "ޑެކޮރެޓިވް ސީލިން ޝީޓް" ކަލެކްޝަނުގެ ދަށުން ތައާރަފު ކުރި އުފެއްދުމެކެވެ. ތަފާތު ޑިޒައިންތަކަށް ތައްޔާރު ކޮށްފައިވާ ޝީޓުތަކަކީ ފެންވަރު ރަނގަޅު، ބަލާލަން ރީތި ޝީޓުތަކެކެވެ.
ސީލިންގެ އިތުރުން މި ޝީތުތައް ފާރު ރީތި ކުރުމުގައި ވެސް ބޭނުން ކުރެވޭނެ އެވެ. މި ޝީޓުތަކަކީ ލުއި ވެފައި ގެންގުޅެން ފަސޭހަ އަދި ގިނަ ދުވަހު ބޭނުން ކުރެވޭ އުފެއްދުމެކެވެ. މި ޝީޓުތައް ހަރުކުރުމުން ގޭތެރެއާއި ކޮޓަރިތެރެ ހޫނު ވުން ކުޑަވާނެ އެވެ. އަދި އިމާރާތުގެ އެތެރެއަށް ވަންނަ އަޑުތައް މަޑުކޮށްލަދޭނެ އެވެ.
އެންމެ ހޫނު މޫސުމުގައި ވެސް ގޭތެރެ ފިނިކޮށްދޭ ޕްރީމާ ވެންޓަކީ ގިނަ އިމާރާތްތަކުގައި މިހާރު ބޭނުން ކުރާ މޮޅު އުފެއްދުމެކެވެ. މި އުފެއްދުމުގެ ދެ ވައްތަރެއްގެ ޝީޓުތައް މި ވަގުތު ރާއްޖޭން ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި 3.22 މިލިމީޓަރާއި 4.5 މިލިމީޓަރުގެ ބޯމިނުގެ ޝީޓުތައް ލިބެން ހުންނާނެ އެވެ.
ޕްރީމާ ވެންޓަކީ ވެސް ޕްރީމާގެ އެހެން އުފެއްދުންތަކާ އެއްގޮތަށް ގިނަ ދުވަހ ބޭނުން ކުރެވޭ ބަލާލަން ރީތި ހަރަދު ކުޑަ އުފެއްދުމެކެވެ.
ޕްރީމާ ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް މާކެޓު ކުރަނީ އާސްކް ހޯލްޑިންސް އިނެންވެ. އެ ކުންފުނިން ޕްރިމާގެ ހުރިހާ އުފެއްދުމެއް ވެސް ލިބެން ހުންނާނީ ވަރަށް ހެޔޮ އަގުގަ އެވެ. މި އުފެއްދުންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެލްބިއަން ސްޓޯރުގެ ބޮޑުތަކުރުފާނު މަގު ފިހާރައިންނާއި ޖަނަވާރީ މަގު ފިހާރައިން ލިބެން ހުންނާނެ އެވެ. އަދި 9802428 ނުވަތަ 9802427 އަށް ގުޅައިގެން ވެސް އޯޑަރު ކުރެވޭނެ އެވެ. މިގޮތަށް އޯޑަރު ކުރުމުން ހިލޭ ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ.
މީގެ އިތުރުން އެލްބިއަން ސްޓޯރުގެ ވައިބާ ގްރޫޕް މެދުވެރިކޮށް އެ ފިހާރައިން ލިބެން ހުރި އުފެއްދުންތަކުގެ މައުލޫމާތު ބަލައިލެވޭނެ އެވެ.