ކޮވިޑް-19: މާލޭގައި 31، އަތޮޅު ތެރޭގައި 100 އިން މަތީގައި
ކޮވިޑް-19: މާލޭގައި 31، އަތޮޅު ތެރޭގައި 100 އިން މަތީގައި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެއިން 31 އަދި އަތޮޅު ތެރެއިން 100 އަށް ވުރެ ގިނައިން ކޮވިޑް ކޭސްތައް ފެނިއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި މައުލޫމާތުގައިވާ ގޮތުން، 5،172 ސާމްޕަލްގެ ތެރެއިން ޕޮޒިޓީވްވެފައި ވަނީ 233 މީހެކެވެ. އޭގެ ތެރެއިން 157 މީހަކު ޕޮޒިޓިވްވެފައި ވަނީ އަތޮޅު ތެރެއިންނެވެ. އަދި ރިސޯޓުތަކުން 45 މީހަކަށް ބަލިޖެހިފައިވެ އެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ހުރީ 4،075 ގަ އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 29 މީހަކަށެވެ.

ބަލިޖެހުނު މީހުންގެ ތެރެއިން 69،031 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި މި ބަލީގައި މިހާތަނަށް ރާއްޖެއިން 209 މީހަކު މަރުވެފައިވެ އެވެ.

ވެކްސިން ޖެހި މީހުންގެ ތަފާސްހިސާބަށް ބަލާއިރު މިހާތަނަށް 316،261 މީހަކު ފުރަތަމަ ޑޯޒް ޖަހައިފައިވެ އެވެ. އަދި މިއަދާ ހަމައަށް 187،736 މީހަކު ވަނީ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް ވަރަށް މަތީގައި ހުރުމަށް ފަހު މަޑުމަޑުން ވަނީ ދަށްވާން ފަށައިފަ އެވެ. އަދި ކުރިން އެންމެ ގިނަ ކޭސްތައް މާލެއިން ފެނުނު ނަމަވެސް، މިހާރު ކޭސްތައް ގިނައީ އަތޮޅު ތެރޭގަ އެވެ.