27 ޖޫން 2021 - 19:22

މިދިޔަ ބުރާސްފަތި ދުވަހު ދެކުނުގެ ރަށެއްގައި އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ބަނގުލަދޭޝްގެ ފިރިހެނެއް ކަމަށެވެ.
"އޭނާ 24 ގަޑިއިރަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އިއްޔެ ވަނީ ވަގުތީ އަމުރެއް ނެރެފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ކުށުގެ ޝިކާރައަކަށްވާ ކުއްޖާ އަށް ލިބިދާނެ އިތުރު ގެއްލުމަކަށް ބަލައި، އެ ކުއްޖާގެ ހައްގުތަކާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެތީ މިފަދަ މައްސަލަތަކުގައި ފުލުހުން މާ ބޮޑު ތަފްސީލެއް އާންމެއް ނުކުރެ އެވެ.