ބީއެމްއެލް އެޖެންޓުން މެދުވެރިކޮށް އިތުރު 12 ރަށެއްގައި ޚިދުމަތް ފުޅާކޮށްފި
ބީއެމްއެލް އެޖެންޓުން މެދުވެރިކޮށް އިތުރު 12 ރަށެއްގައި ޚިދުމަތް ފުޅާކޮށްފި

ބީއެމްއެލްގެ ކޭޝް އެޖެންޓުން މެދުވެރިކޮށް އިތުރު 12 ރަށެއްގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް މިއަދު ތައާރަފު ކޮށްފި އެވެ.

މި ހިދުމަތާ އެކު ބީއެމްއެލް ކަސްޓަމަރުންނަށް އެޖެންޓުން މެދުވެރިކޮށް ދުވާލަކު 10،000ރ. އާ ހަމައަށް ފައިސާ ޖަމާކުރުމުގެ އިތުރުން ލޯނާއި ކްރެޑިޓް ކާޑަށް ވެސް ފައިސާ ދެއްކޭނެ އެވެ. އަދި އިތުރު ފީއަކާ ނުލައި ދުވާލަކު 2000ރ. އާ ހަމައަށް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގޭނެ އެވެ.

- ހއ. މާރަންދޫ

- ހދ. ކުމުންދޫ

- ހދ. ނެއްލައިދޫ

- ހދ. ފިނޭ

- ށ. ނަރުދޫ

- ށ. ފޭދޫ

- ށ. މަރޮށި

- ނ. ޅޮހި

- ނ. މާޅެންދޫ

- ރ. އިންނަމާދޫ

- ބ. ފުޅަދޫ

- މ. ކޮޅުފުށި

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 62 އޭޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި މިހާރު ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތް ބީއެމްއެލް ކަސްޓަމަރުންނަށް ލިބޭނެ އެވެ.

ބީއެމްއެލް އިން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފުކުރީ 2014 ވަނަ އަހަރު އެވެ. މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިން ހިދުމަތް ދިނުމަށް ތައާރަފުކުރި ހިދުމަތެކެވެ.